ރާއްޖޭގެ އެކި ކުޅިވަރުގެ ގައުމީ ޓީމްތަކަށް ހާއްސަކޮށްގެން ހުޅުމާލޭގައި "އަރުތަ ޖިމް" ގެ ނަމުގައި ރޭ ޖިމެއް ހުޅުވައިފި އެވެ.
އެތަން ހުޅުވަން ބޭއްވި ހަފުލާގައި ވަނީ ކުޅުންތެރިންނާއި އެތުލީޓުންނަށް ޓްރެއިނިން ފުރުސަތު ދިނުމަށް މިނިސްޓްރީން ފެށި "އަރުތަ ޕްރޮގްރާމް" ވެސް ރަސްމީކޮށް ފަށައިފަ އެވެ. ގިނަ އަދަދެއްގެ ކުޅުންތެރިންނާއި އެތުލީޓުންގެ ބައިވެރިވި ހަފުލާ ޝަރަފްވެރިކޮށް ދިނީ އިޓަލީގެ ކުޅިވަރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ އެވެ.
Ceremony to commemorate the start of the "Arutha Program" and the opening of the gym designated for the National Teams, respectively.
“Arutha Program” was Officially inaugurated by Italian Sports Journalist @FabrizioRomano. pic.twitter.com/gBUbmc1MSB
— Ministry of Youth,Sports and Community Empowerment (@MoYSCEmv) March 30, 2023
ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވީ "އަރުތަ ޖިމް" އަކީ އަމިއްލަ ޖިމްތަކުގައި ކުޅުންތެރިންނާއި އެތުލީޓުން ތަމްރީނު ހަދަން އުޅެންޖެހުނު ދަތިހާލު ނިމުމަކަށް ގެންނަން ފަހިކޮށް ދިން ފުރުސަތެއް ކަމަށެވެ.
ٱلْحَمْدُ لِلَّٰهِ
ރާއްޖެއަށް ރަންވަނަތަކެއް ހޯދުމަށް ފެށި”އަރުތަ“ ޕްރޮގްރާމް ރަސްމީކޮށް ފެށުނީއެވެ.
އަމިއްލަ ޖިމްތަކުގައި ތަމްރީނު ހަދަން އުޅެންޖެހުނު ދަތިހާލު ނިމުމަކަށްގެނެވި،ރާއްޖޭގެ ހުރިހާ ޤައުމީ ޓީމުތަކެއްގެ އެތުލީޓުނަށް ޙާއްސަކުރެވު ”އަރުތަ ޖިމް“ ހުޅުވުނީއެވެ.#IOIG2023 pic.twitter.com/eH76opk9he
— Ahmed Mahloof (@AhmedMahloof) March 31, 2023
މިނިސްޓްރީން ބުނި ގޮތުގައި އެއްވެސް ކުޅިވަރެއް އިސްތިސްނާ ނުކޮށް ހުރިހާ ކުޅިވަރެއް ހިމެނޭހެން ގައުމީ ފެންވަރުގެ ކުޅުންތެރިންނާއި އެތުލީޓުންނަށް އެތަން ބޭނުންކުރެވޭނެ އެވެ.
"އަރުތަ ޖިމް" ހަދާފައި ވަނީ ސަރުކާރުން ހުޅުމާލޭގައި ހެދި ސްވިމިން ޕޫލް ކޮމްޕްލެކްސްގަ އެވެ. މި ޖިމްގައި އެންމެ ފަހުގެ ވަސީލަތްތައް ހުރެ އެވެ. ޖިމް މެނޭޖްކުރާނީ ބޮޑީ ބިލްޑިން ފެޑެރޭޝަނުންނެވެ.