ޓޫރިޒަމް ތަޖުރިބާކޮށްލަން އިޓަލީގެ ނޫސްްވެރިންތަކެއް ރާއްޖެ އަށް އަތުވެއްޖެ އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ދައުވަތަކަށް ރާއްޖެ އައިސްފައިވަނީ 5 ނޫސްވެރިންނާއި އެމްއެމްޕީއާރުސީން އިޓަލީއަށް ކަނޑައަޅާފައިވާ ޕީއާރު އޯގަނައިޒޭޝަން، ޓޫރިޒަމް ހަބް ތަމްސީލްކުރާ ފަރާތެކެވެ.
މި ޓީމު ތިބެނީ ނިކަ އައިލެންޑް ރިސޯޓާއި، އަޔާޑާ މޯލްޑިވްސް އަދި ސިޔާމް ވޯލްޑް ރިސޯޓުގަ އެވެ.
އެމްއެމްޕީއާރްސީން ބުނީ މި ނޫސްވެރިންގެ ޓީމުން ފަތުރުވެރިކަމުގެ އެކި ކަންކަން ތަޖުރިބާ ކުރާނެ ކަމަށާއި އަދި މި ދަތުރުގައި ކުރެވޭ ތަޖުރިބާ އެ ނޫސްވެރިން މަސައްކަތް ކުރާ މީޑިއާ މެދުވެރިކޮށް ގެނެސްދޭނެ ކަމަށެވެ.
އިޓަލީ އަކީ ރާއްޖެއަށް ހަތަރުވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމެވެ.