* ބޭނުންވާ ތަކެތި:
2 ސައިސަމުސާ ރެޑް ކަރީ ޕޭސްޓް
1 ރަތް ބެލް ޕެޕާ (ތުނިކޮށް ކޮށާފައި)
1 ފިޔާ (ކުދިކޮށް ކޮށާފައި)
1 ކާށީގެ ކިރު
1 ސައިސަމުސާ ފިޝް ސޯސް
3 ޖޯޑު ކުކުޅު ސްޓޮކް
2 ޖޯޑު ކުކުޅު (ލޮނު ލައިގެން ފެނު ކައްކާފައި)
1/2 1 ޖޯޑު ބަތް (ބާސްމަތީ)
4 މޭޒުމަތީ ސަމުސާ ކޮރިއެންޑާ ފަތް (ކުދިކޮށް ކޮށާފައި)
* ތައްޔާރު ކުރާނެ ގޮތް:
ތެއްޔެއްގައި ރެޑް ކަރީ ޕޭސްޓްކޮޅު ތެޔޮ ނިކުންނަން ދެން ދެ މިނެޓު ވަންދެން ކައްކާލާށެވެ. ތެޔޮ ނިކުތީމަ ރެޑް ޕެޕާ އަދި ފިޔާ އަޅާފަ ރަނގަޅަށް މަޑުވަންދެން ފަސް މިނެޓް ވަންދެން އެއްކޮށްލާށެވެ. އެއަށް ފަހު ކާށި ކިރު އޭގެ ތެރެއަށް އެޅުމަށް ފަހު ރަނގަޅަށް ހުރިހާ އެއްޗެއް އެއް ވަންދެން ކައްކާށެވެ.
ދެން ކުކުޅު ސްޓޮކް އަޅައި އެއްކޮއްލާށެވެ. ދެން ކައްކާފައި ހުރި ކުކުޅު ކޮޅާއި ބަތް ކޮޅު އެޅުމަށް ފަހު މަޑު ގިނީގައި 15 މިނެޓު ކައްކާލާށެވެ.
ސާވް ކުރުމުގެ ކުރީގައި ކޮށާފައި ހުރި ކޮރިއެންޑާ މައްޗަށް އަޅާލާނީ އެވެ.