Last Updated: June 8, 14:06
Monday, June 8, 2026
ޚަބަރު

ނާޒިމަކީ ސީރިއަސް ކެންޑިޑޭޓެއް ނޫން: ޝަރީފް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް ދަނގެތި ދާއިރާގެ މެންބަރު އަދި އެޕާޓީގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމަކީ ރިޔާސީ އިންތިހާބުގައި ސީރިއަސް ކެންޑިޑޭޓެއް ނޫންކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޤައުމަށް ލިބޭ އާމްދަނީއަށް ވިސްނާނުލާ އެއްވެސް އަސާސެއްގެ މައްޗަށް ބިނާ ކުރުމެއް ނެތި "ޕޮޕިއުލިސްޓް" ކަންކަން ހުށަހަޅާ ކެންޑިޑޭޓަކަށް ވެރިކަން ލިބިއްޖެނަމަ އިގްތިސާދު އިނދަ ޖައްސާލާނެ ކަމަށެވެ. ރައިސް އިިބްރާހިމް މުހައްމަދު ސޯލިހް ވައުދުތައް ވެލައްވަނީ އެކަންކަމަށް ހިނގާނޭ ޚަރަދުތައް ހިސާބު ޖެއްސެވުމަށްފަހު ކަމަށާއި އެއީ ނާޒިމް ވައުދުވާ ގޮތަށް ކުރައްވާ ކަންކަން ނޫން ކަމަށް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އެމްއެންޕީގެ ލީޑަރު ނާޒިމް ވެލައްވާ ވައުދުތަކަކީ ގައުމަށް ލިބޭ އާމްދަނީއާ ހިނގާނޭ ހަރަދު ހިސާބު ޖެއްސެވުމަށްފަހު ސީރިއަސްކޮށް ކުރައްވާ ކަމެއް ނޫން ކަމަށެވެ.

"ނާޒިމަކީ ސީރިއަސް ކެންޑިޑޭޓޭއް ނޫން." ޝަރީފް ވިދާޅުވިއެވެ.

މީގެއިތުރުން ޝަރީފް ވިދާޅުވީ ރައީސް ސޯލިހް ވައުދުވަނީ، ހިނގާނެ ހަރަދާއި ދައުލަތުގެ އާމްދަނީ މިނެކިރުމަށްފަހު ޕްލޭން ކޮށްގެން، ފުއްދޭނެ ވައުދުތައް ކަމަށެވެ. އަދި ރައީސް ސޯލިހް އިސްކަން ދެއްވަނީ ތަރައްގީއާއި އިގްތިސާދު ކުރިއަރާ، އަދި ރައްޔިތުންގެ އާމްދަނި އިތުރުވާނެ ޕްރޮޖެކްޓްތައް ކަމަށްވެސް ވިދާޅުވިއެވެ.

ޝަރީފްގެ ފާޑުކިޔުން ނާޒިމަށް އަމާޒުވެފައި މިވަނީ ހިޔާ ފްލެޓްތަކުގެ ކުލި 4،000ރ. އަށް ކުޑަކުރާނެ ކަމަށް ނާޒިމް ވިދާޅުވުމުންނެވެ.