ބައެއް ގައުމުތަކުގެ ސަރުކާރުތަކުން ޓިކްޓޮކް ބޭނުން ކުރުން ހުއްޓާލަމުން އަންނަ އިރު، ނޭޓޯ އިން ވެސް ޓިކްޓޮކް މަނާކޮށްފި އެވެ.
އެ ޖަމާއަތުގެ އިދާރީގެ މުވައްޒަފުންނަށް އިއްޔެ ފޮނުވި ނޯޓިހެއްގައި ބުނީ ރަސްމީ ކަންކަމަށް ބޭނުންކުރާ އެއްވެސް ޑިވައިސްއެގައި ޗައިނާގެ ބައިޓްޑާންސުން ހިންގާ ޓިކްޓޮކް ބޭނުންކޮށް، އެފަދަ ޑިވައިސްއަކުން ޓޮިކްޓޮކް ޑައުންލޯޑްކުރުމަކީ ވެސް މަނާ ކަމެއް ކަމަށެވެ. ނޭޓޯ އިން ބުނި ގޮތުގައި އެގޮތަށް ނިންމީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.
"ސައިބަ ސެކިއުރިޓީ އަކީ ނޭޓާ އިން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދޭ ކަމެއް." އެތަނުން ބުންޏެވެ.
ނޭޓޯ އިން ޓިކްޓޮކް މަނާކުރި އިރު، އެ އެޕް ވަނީ އެމެރިކާ އާއި އިނގިރޭސިވިލާތާއި ނޯވޭ އާއި ޔޫރަޕިއަންގެ ޕާލިމަންޓްގައި ވެސް ބޭނުން ކުރުން މަނާކޮށްފަ އެވެ. އެމެރިކާ އިން މިހާރު މަސައްކަތް ކުރަނީ ޓިކްޓޮކް އެ ގައުމުގައި އެއްކޮށް މަނާކުރުމަށެވެ.