Last Updated: July 25, 11:51
Saturday, July 25, 2026
ޚަބަރު

އެސްޓީއޯގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި

އެސްޓީއޯ އިން އެ ކުންފުނީގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

ސަރުކާރުގެ ވިޔަފާރި ކުންފުނިން ބުނީ އެ މަގާމަށް ޝައުގުވެރިވާ ކުންފުނީގެ ހިއްސާދާރުންނަށް ކުރިމަތިލުމުގެ ފުރުސަތު މަހުގެ 24 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ހާއްސަކޮށް އަންހެނުން އެ މަގާމަށް ކުރިމަތިލާން އެސްޓީއޯ އިން އެދިފައިވެ އެވެ.
ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތަކުން އެކަކު އިންތިހާބުކުރާ އިރު، ސަރުކާރު ނުވަތަ މައި ހިއްސާ ދާރުގެ ފަރާތުން އައްޔަނުކުރާނީ ހަ ޑިރެކްޓަރުންނެވެ.

ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރާ އަދި އިންތިހާބުކުރާ ހުރިހާ ޑިކްޓަރުންނަކީ ވެސް، ވިޔަފާރި އާއި ހިންގުމުގެ ދާއިރާއިން އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ލިބިފައިވާ މީހުންނަށް ވުމަކީ ކުންފުނިން ވަރަށް ބޜު އަޅާ ކަމެއް ކަމަށް އެސްޓީއޯ އިން ބުންޏެވެ. އަދި ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަނަންސް ކޯޑުގައި ބާރުއަޅާ ފަދައިން، ކުންފުނީ ގެ ބޯޑަށް ވީހާ ވެސް ގިނަ އަންހެން ބޭފުޅުން ޝައުގުވެރިކަން ފާޅުކުރުމާއި، އިންތިހާބުގައި ވާދަކުރުމަކީ ވެސް އެސްޓީއޯ އިން ބާރުއަޅާ ކަމެކެވެ.

ސަބަބަކީ މިއީ މިންތީގެ ހަމަހަމަކަން ގާއިމު ކުރުމަށް ކުންފުނިން ކުރަމުން އަންނަ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަކަށްވުމެވެ.