Last Updated: June 8, 14:06
Monday, June 8, 2026
ޚަބަރު

ޕަމްޕުތައް ޖައްސަން ގިނައިރުވުމުން މުއިއްޒުގެ ނުރުހުން

ވާރޭވެހި ފެންބޮޑުވެފައި- ފޮޓޯ: މުހައްމަދު ސާމިދު

މާލެއަށް ބޯކޮށް ވާރޭވެހި ބޮޑު ބައެއްގައި ފެންބޮޑުވެފައިވާއިރު، ޕަމްޕްތައް ނުޖައްސާ ގިނައިރުވި ކަމަށް ވިދާޅުވެ މާލެސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މާލޭގެ ބޮޑު ބައެއްގައި ފެންބޮޑުވެފައިވާއިރު އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި މޭޔަރު މުއިއްޒު ވިދާޅުވީ، ސްޓޯމް ވޯޓާ ސިސްޓަމް ބަލަހައްޓާ ފަރާތުން ޕަމްޕުތައް ނުޖައްސާ ގިނައިރު ވެގެންދިއުމަކީ ދެރަ ކަމެއް ކަމަށެވެ.

"އަދި ކިރިޔާ ޕަމްޕްތައް ޖެއްސުނީ؟" މުއިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން މުއިއްޒު ވިދާޅުވީ މާލޭގެ މަގުތައް ހަދަން ސިޓީ ކައުންސިލްއިން ކުރިއަށްގެންދިޔަ މަޝްރޫއުވެސް އަނބުރާ ގެންދިއުމުގެ ސަބަބުން މާލޭގެ މަގުތައް ނުހެދިފައިވާ ކަމަށެވެ.

މިއަދު ހެނދުނު މާލެއަށް ބޯކޮށް ވާރޭވެހި މާފަންނުގެ ބޮޑު ސަރަހައްދެއްގައި ވެސް ވަނީ ފެންބޮޑުވެފައެވެ. ފެންބޮޑުވުމުގެ ސަބަބުން ބައެއް ތަންތަނަށް ފެން ވަދެފައިވާ ކަަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.