Last Updated: June 14, 02:16
Saturday, June 13, 2026
ޚަބަރު

ޝެއިހު އިދުރީސްގެ ދަރުސްތަކެއް ހިތަދޫގައި

އައްޑު އަށް ނިސްބަވްތާ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އިދުރީސްގެ ހުސައިންގެ ދަރުސް ޕްރޮގްރާމެއް ހިތަދޫގައި ރޯދަ މަހު ކުރިއަށް ގެންދަން ނިންމައިފި އެވެ.

އެ އަވަށު ޖަމިއްޔާއެއް ކަމަށްވާ ޖަމިއްޔަތުލް ޢުލަމާ އިން އިންތިޒާމުކުރާ މި ދަރުސް ޕްރޮގްރާމް ކުރިއަށް ދާނީ މި މަހުގެ 3-20 އާ ހަމައަށް ހިތަދޫގެ މިސްކިތްތަކުގަ އެވެ. އެގޮތުން އެ ދުވަސްތަކުގެ ކޮންމެ އަސުރު ނަމާދަކަށް ފަހު އިދުރީސް ދަރުސް ދެއްވާނެ އެވެ. މި ދަރުސް ޕްރޮގްރާމްގައި ދަރުސް އޮންނާނެ މިސްކިތްތަކާއި ދަރުސް ދެއްވާނެ މައުޟޫތައް ޖަމިއްޔަތުލް ޢުލަމާ އިން އާންމުކޮށްފައިވެ އެވެ.

ޝެއިހް އިދުރީސް މިދިޔަ އަހަރު ވެސް އައްޑޫގެ ހުރިހާ އަވަށެއްގައި ދަރުސް ޕްރޮގްރާމެއް ކުރިއަށް ގެންދެވި އެވެ. އޭނަ އަކީ ޝެއިހް އިލްޔާސް ހުސައިންގެ ބޭބެ އެވެ.