މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުން، ފެން ހިންދުމުގެ މަސައްކަތް ސިފައިން ފަށައިފިއެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ޕަންޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެެގޮތުން މިއަދު ހެނދުނު 08:31 ހާއިރު ފެން ހިއްކުމުގެ މަސައްކަތްފަށާފައިވާ ކަމަށް މައުލޫމާތުދީފައިވެއެވެ. އެމްއެންޑީއެފްއިން ބުނެފައިވަނީ މިހާތަނަށް މާލޭގެ ހަތަރު ސަރަހައްދެއްގައި ޕަންޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
Today early morning heavy rain flooded Male' City roads Maafanu is badly affected with two feet water.. pic.twitter.com/z5ne7wfD5Y
— Ali Shaah saiboni (@saiboni) April 1, 2023
މިއަދު ހެނދުނު މާލެއަށް ބޯކޮށް ވާރޭވެހި މާފަންނުގެ ބޮޑު ސަރަހައްދެއްގައި ވެސް ވަނީ ފެންބޮޑުވެފައެވެ. ފެންބޮޑުވުމުގެ ސަބަބުން ބައެއް ތަންތަނަށް ފެން ވަދެފައިވާ ކަަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.