Last Updated: June 23, 10:51
Tuesday, June 23, 2026
ޚަބަރު

ސޮބާ ވެސް ޖޭޕީން ވަކިވެއްޖެ

ރާއްޖެ އިން ޗައިނާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ ނައިބުގެ މަގާމުގައި ހުންނެވި ޖުމްހޫރީ ޕާޓޯ އަށް ނިސްބަތްވާ ނައިބު ސޮބާހް ރަޝީދު ވެސް އެ ޕާ ޕާޓީން ވަކިވެވަޑައިގަތުމަށް ނިންމަވައިފި އެވެ.

އޭނަ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖޭޕީގެ ތެރޭގައި އޮތް އޮއިވަރުގެ ސަބަބުން ގައުމީ މަސްލަހަތު އަދި ޖޭޕީއަށާއި ލީޑަރު ގާސިމު އިބްރާޙިމަށް ލިބެމުންދާ ގެއްލުން ތަހައްމަލް ކުރަން އުނދަގޫވެފައިވާ ކަމަށެވެ. އެހެންވެ، ގައުމީ މަސްލަހަތު އިސްކޮށް މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

ޖޭޕީގެ ސެކެޓްރީ ޖެނެރަލް އަލީ އާރިފަށް ސޮބާހް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ރައީސް ސޯލިހްގެ ރިޔާސީ ދައުރުގައި ގެންގުޅުއްވި ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން، ރާއްޖެ ވަނީ ކޮވިޑްގެ ހާލަތުން އަރައިގަނެ އިގުތިސާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައި ކަމަށެވެ.

ވަކިން ޚާއްސަކޮށް ޚާރިޖީ ގޮތުން ގުޅުންތައް ބަދަހިވެ ރާއްޖޭގެ ދިގު ތާރީހުގައި ވެސް ބައިނަލް އަގުވާމީ މައިދާނުގައި ނުލިބޭ ފަދަ އިތުބާރާއި ޝަރަފްވެރި ކަމެއް ރައީސް ސޯލިހު ހޯދާފައިވާ ކަމަށް ސޮބާހް ވިދާޅުވެފައިވެ އެވެ.