Last Updated: June 14, 02:16
Saturday, June 13, 2026
ޚަބަރު

ކާމިޔާބު މީހަކީ ވަގުތު ސަލާމަތްކުރާ މީހާ

ކާމިޔާބީއާ ހަމައަށް ދެވޭނީ އެ މީހެއްގެ ވަގުތު ސަލާމަތްކުރި މީހަކަށް ކަމަށް ޝެއިޚް ޢަބްދުﷲ އާމިރު ވިދާޅުވެއްޖެ
އެވެ.

ރޭ ހދ. ކުޅުދުއްފުށީގައި ބޭއްވި މި އަހަރުގެ ހަ ވަނަ އިހުޔާ ފޯރަމްގައި "އިސްލާމީ ނަޒަރަކުން ވަގުތު" މި މައުޟޫ ޢަށް ވާހަކަ ދައްކަމުން ޝެއިހް އާމިރު ވިދާޅުވީ ވަގުތު އެންމެ ހެޔޮގޮތުގައި ބޭނުން ކުރެވޭނީ ހަޔާތުގެ ލަނޑުދަނޑިއެއް އޮތް މީހަކަށް ކަމަށެވެ. އަދި ދުނިޔެ މަތީގައި ލިބޭ ކާމިޔާބީތަކަކީ ވަގުތީ ކާމިޔާބީތަކެއް ކަމަށާއި ހަގީގީ ކާމިޔާބަކީ ސުވަރުގެއަށް ދެވުން ކަމަށް ވިދާޅުވި އެވެ.

މާތްﷲ ގެ ވަޙީ ބަސްފުޅުތަކުގެ އަލީގައި އޭނަ ވިދާޅުވީ ސުވަރުގެ ވަންނަ މީހާ ކާމިޔާބުވެއްޖެ ކަމަށް މާތް ﷲ ވަޙީ ކުރައްވާފައިވާ ކަމަށާއި ކާމިޔާބާ ހަމައަށް ދެވޭނީ އެ މީހެއްގެ ވަގުތު ސަލާމަތްކުރާ މީހާއަށް ކަމަށެވެ. އަދި ސުވަރުގެއާ ހަމައަށް އިންސާނާ އަށް ދެވޭނީ ޒުވާން އުމުރުގައި ހެޔޮ ކަންތައްކޮށް މާތްﷲ އަންގަވާފައިވާ ގޮތަށް ޢަމަލުތައް ބަހައްޓައި ވަގުތު ހެޔޮ ގޮތުގައި ބޭނުން ކުރުމުން ކަމަށް ވިދާޅުވި އެވެ.

އެހެންވެ އިންސާނެއްގެ އެއް ދުވަސް ހޭދަކުރާ ގޮތަށް އިޝާރާތްކުރައްވައި މާތް ﷲގެ ރުއްސެވުން ހޯދުމަށްޓަކައި މަސައްކަތް ކުރެވެނީ ކިހާ ވަގުތަކަށްތޯ ޝެއިހް އާމިރު ސުވާލު ކުރެއްވި އެވެ.

އޭނަ ވިދާޅުވީ މުސްލިމެއްގެ ހަޔާތުގެ ކޮންމެ ކަމެއް ވެސް ބިނާވާން ޖެހޭނީ ނަމާދުކުރުމާއި ޤުރުއާން ކިޔެވުމާއި ދުނިޔަވީ މަސައްކަތްތަކާއި އާއިލާއާއި އަމިއްލަ ނަފުސަށް ވަގުތު ދީގެން ކަމަށެވެ. އެގޮތުން ވަގުތުގެ ބޭނުން ހެޔޮގޮތުގައި ބޭނުން ކުރުމަށް ކުރެވިދާނެ ކަން ކަމަށް އޭނަ އަލި އަޅުވާލެއްވި އެވެ.

އެގޮތުން ފަހުން ކަންކަން ކުރުމަށް ނުބެހެއްޓުމާއި ބައެއް ކަންކަމުގައި ނޫނެކޭ ބުނުމުގެ މުހިންމުކަމާއި ކުރަން ޖެހޭ ކަންކަން ބަދަލު ކުރިއަސް ކުރާ ކަންކަން ދޫކޮށް ނުލުމާއި، އެއްކަހަލަ ކަންކަން އެއް ވަގުތެއްގައި ކުރުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ. ވަނީ