ދުނިޔޭގެ އެންމެ ބޮޑު ސީ ޕްލޭން އޮޕަރޭޓަރު ކަމަށްވާ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން އިތުރު ބޯޓެއް ގެނެސްފި އެވެ.
އެ ކުންފުނިން ބުނީ އަލަށް އިތުރުވި ބޯޓާ އެކީ މިހާރު ފްލީޓްގެ އަދަދު 62 އަށް އަރާފައިވާ ކަމަށެވެ.
ރާއްޖޭގެ އިގުތިސާދު ޓޫރިމަށް ބިނާވެފައިވާ އިރު، ރާއްޖޭގެ ރިސޯޓްތަކަށް ޓޫރިސްޓުން އުފުލުމުގެ މައިގަނޑު ޒިންމާ ނަގަނީ ޓީއެމްއެއޭ އިންނެވެ. އަދި ރާއްޖެ ވަކިވަކި ރަށްތަކަށް މައްޗަށް ބެހިފައި އޮތުމަކީ ވައިގެ އަަވަސް ދަތުރުފަތުރުގެ ހިދުމަތަށް ޓީއެމްއޭގެ ދައުރު ވަރަށް ބޮޑެވެ.
އެ ކުންފުނީގެ ފްލީޓަށް އިތުރަށް ބޯޓެއް ގެނައީ ކޮވިޑްގެ ފަހުން ރާއްޖޭގެ ޓޫރިޒަމަށް އައި ކުރިއެރުންތަކާ އެކީ، ޓީއެމްއޭގެ ހިދުމަތް ހޯދާ ރިސޯޓްތަކުގެ އަދަދު ވެސް އިތުރުވެ، ކުންފުނީގެ ޑިމާންޑް ބޮޑުވަމުން އަންނާތީ އެވެ. ޓީއެމްއޭ އިން ބުނި މި އަހަރު ފެށުނު ފަހުން ވެސް 10 ރިސޯޓަކާ އެކީ އެއްބަސްވުންތައް ހަދާފައިވާ ކަމަށާއި އިތުރަށް ހުޅުވާ ރިސޯޓްތަކާ އެކީ އެ ކުންފުނީގެ ޑިމާންޑް ބޮޑުވާނެ ކަމަށެވެ.
ރާއްޖޭގައި ޓީއެމްގެ ހިދުމަތްދޭތާ މި އަހަރަށް ވަނީ 30 އަހަރުވެފަ އެވެ. އެ ކުންފުނީގެ ހިދުމަތް ފެށީ 1993 ގަ އެވެ.