އާންމުކޮށް ނުފެންނަ ބާވަތެއްގެ ފަންޏެއް ބަލިމީހެއްގެ ލޮލުގެ ތެރެއިން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ނަގައިފިއެވެ.
މި ފަނި ފެނިފައިވަނީ ލޯ ހިރުވައި އަދި ލޯ ރަތް ވުމާއި ގުޅިގެން އޭއީއެޗްއަށް ދެއްކި ބިދޭސީ އަންހެނެއްގެ ލޮލުން ކަމަށް އޭއީއެޗްއިން މަޢުލޫމާތު ދެއެވެ. އާންމުކޮށް ނުފެންނަ މި ފަނި އަންހެން މިހާގެ ލޮލުން ނެގުމަށް ފަހު، އިތުރު މައްސަލައެއް ހުރިތޯ ބެލުމަށް އެމްއާރްއައިއެއްވެސް އެ ހޮސްޕިޓަލުން ވަނީ ހަދާފައެވެ.
'އެފްރިކަން އައި ވޯމް' ނުވަތަ ލޮއާ ލޮއާ އަކީ އާންމުކޮށް އެފްރިކާ ސަރަހައްދުން ފެންނަ ފަންޏެކެވެ. މި ފަނި އިންސާނާގެ ހަށިގަނޑުގައި އުފެދެނީ 'ޑިއަރ ފްލައި' ކިޔާ ސޫތްޕެއްގެ ފުށުންނެވެ.
The procedure was followed by a MRI-Brain to rule out Neurocysticercosis.
The patient is doing well after the procedure.
Alhamdulillah!— Addu Equatorial Hospital (@aeh_mv) April 1, 2023
މިއީ މިފަދަ ފަންޏެއް އޭއީއެޗްގައި ނެގި ފުރަތަމަ ފަހަރު ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.
އޭއީއެޗްގެ ލޮލުގެ ޑިޕާޓްމެންޓު އުފެދުމަށް ފަހު ގިނަ ޙިދުމަތްތަކެއް ދޭން ވަނީ ފަށާފައެވެ. މިގޮތުން ކެޓެރެކްޓް ސާޖަރީ ފަދަ މުހިންމު ސާޖަރީތައް އެ ހޮސްޕިޓަލުން ކުރަން ވަނީ ފަށާފައެވެ.