Last Updated: June 22, 13:53
Monday, June 22, 2026
ރިޕޯޓް

ރޯދަ ރަހަ: ޗޮކްލެޓް ޓާޓް

* ބޭނުންވާ ތަކެތި:

1 ޖޯޑު މިކްސް ނަޓްސް
3 ޖޯޑު މާރީ ބިސްކޯދު
2/3 ޖޯޑު ބަޓަރު
1 ޖޯޑު ހަކުރު
1/2 ޖޯޑު ކޮކޯ ޕައުޑާ
1/2 ޖޯޑު ޑާކް ޗޮކޮލެޓް (ގާނާފައި)
1/2 ޖޯޑު ހޫނު ވިޕްކްރީމް

* ތައްޔާރު ކުރާނެ ގޮތް:

ނަޓްސް އާއި މާރީ ބިސްކޯދު ރަނގަޅަށް މުގުރައި އެއްކޮށްލާށެވެ. ދެން ތެެއްޔެއްގައި ބަޓަރު ކޮޅެއް ހޫނުކޮށް ވިރުވާލާށެވެ. އެއަށް ފަހު ހަކުރު، ކޮކޯ ޕައުޑާ، ފުލް ކްރީމް އަޅައި ރަނގަޅަށް ހަކުރުކޮޅު ވިރެންދެން މަޑު ގިނީގައި ދޭތަފުން ހަލަމުންދާށެވެ. އެއަށް ފަހު ކުދިކޮށް މުގުރާފައި ހުރި ބިސްކޯދު ގަނޑުގެ މައްޗަށް އަޅާލުމަށް ފަހު ރަނގަޅަށް އެއްކޮށްލާށެވެ.

ދެން ޓްރޭގައި ބަޓަރު ކޮޅު ހޭކުމަށް ފަހު ތާއްޔާރުކުރި ކޭކު ފުށްގަނޑު އޮއްސާލައި ދޭފަތުން ރީތިކޮށް ފަތުރާލާށެވެ. އަދި ގަޑިއެއްހާ ގަޑިއިރު ފްރިޖްގައި ބަހައްޓާށެވެ. އޭގެ ފަހުން ޗޮކޮލެޓް ކޮޅެއް ވިޕްކްރީމް ކޮޅުގައި ވިރުވާލާށެވެ. އަދި ކޭކު މަށްޗަށް އެޅުމަށް 3 ގަޑިއިރު ވަންދެން ފްރިޖްގައި ބަހައްޓާނީ އެވެ.