Last Updated: June 14, 02:16
Saturday, June 13, 2026
ޚަބަރު

މިރޭގެ އިހުޔާ ފޯރަމްގައި ޝެއިހް އިލްޔާސް

އިސްލާމިކް މިނިސްޓްރީން މި ރޯދަ މަހު ބާއްވާ ހަތް ވަނަ އިހުޔާ ފޯރަމްގައި މިރޭ ޝެއިހް އިލްޔާސް ހުސައިން ތަގުރީރު ކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މިނިސްޓްރީން ބުނީ އިސްމާލީ މަރުކަޒުގެ ޖަލްސާގައި މާލަމުގައި 9:30 ގައި ފަށާ ފޯރަމްގެ މައުޟޫ އަކީ "ޤުރުއާނާ މެދު އެ އުރެން ވިސްނާ ފިކުރު ނުކުރަނީ ހެއްޔެވެ؟" އެވެ. މި މައުޟޫ އަށް ޝެއިހް އިލްޔާސްގެ އިތުރުން ޝެއިހް އަޒުމަތު ޖަމީލު ވެސް ތަގުރީރު ކުރައްވާނެ އެވެ.

ރޯދަ މަހުގެ ރޭތައް އިހުޔާސްކުރަން އިސްލާމިކް މިނިސްޓްރީން އަންނަނީ މާލެ އާއި އަތޮޅު ތެރޭގައި ފޯރަމް ބާއްވަމުންނެވެ. އެގޮތުން އެންމެ ފަހުން މިދިޔަ ހުކުރު ދުވަހުގެ ރޭ ފޯރަމް ބޭއްވީ ހދ. ކުޅުދުއްފުށީގަ އެވެ.