Last Updated: June 22, 13:53
Monday, June 22, 2026
ޚަބަރު

ދަރިވަރުންނަށް "ސްމާޓް ވޮޗް" މަނާކޮށްފި

މިހާރު އަމަލު ކުރަމުން އަންނަ "ސްކޫލް ދަރިވަރުންގެ އާންމު ގަވައިދު" ގެ ދަށުން ސްކޫލްތަކުގައި ދަރިވަރުން "ސްމާޓް ވޮޗް" ބޭނުން ކުރުން މަނާކޮށްފި އެވެ.

ދަރިވަރުން ޔުނިފޯމާ އެކީ "ސްމާޓް ވޮޗް" ބޭނުން ކުރުން މަނާކުރީ ތައުލީމުގެ ގާނޫނުގެ 11 ވަނަ މާއްދާގެ ދަށުން ދަރިވަރުންގެ ތައުލީމާއި ތަރުބިއްޔަތަށްޓަކައި އެކުދިންގެ އުޅުމާއި އަޙްލާގު ބަހަށްޓަންވީ ގޮތާއި، ސްކޫލާއި ސްކޫލުން ބޭރުގައި ދަރިވަރުން އަމަލުކުރަންވީ ގޮތްތަށް ކަނޑައަޅާ އައިމު ގަވައިދުގެ މަތިންނެވެ. އެ ގަވައިދުގެ ދަށުން ކީ ސްޓޭޖް 2 އިން މަތީގެ ދަރިވަރުންނަށް ހުއްދައީ ޔުނިފޯމާއި އެކީގައި ހަމައެކަނި އާދައިގެ އަތުކުރި ގަޑިއެއް އެޅުމަށެވެ.

އެހެންވެ "ސްމާޓް ވޮޗް" އެޅުން ހުއްދައެއް ނޫނެވެ.

ގަވާއިދުގައިވާ ގޮތުންނ އަންހެން ދަރިވަރުންނަށް ގަހަނާގެ ގޮތުގައި ސްކޫލްތަކަށް ދާ އިރު އެޅޭނީ ހަމައެކަނީ ކަރުގައި އަޅާ ފަށަކާއި އަދި ކަންފަތުލާ އެއްޗެކެވެ. އަދި ކަންފަތުފޫޅު ފިޔަވައި އެހެން ތަނެއް ތޮރުފުން ވެސް މަނާކޮށްފައިވާ އިރު، ފިރިހެން ދަރިވަރުން ގައިގެ އެއްވެސް ތަނެއް ތޮރުފުން މަނަލެވެ.

"ސްކޫލް ދަރުވަރުންގެ އާންމު ގަވައިދުގައި" ވާ ގޮތާ "ސްމާޓް ވޮޗް" އެޅުން މަނާކޮށްފައި ވަނީ މިދިޔަ މަހުގެ 28 އިން ފެށިގެންނެވެ. އަދި އެ ގަވައިދުތަކާ ހިލާފުވާ ދަރިވަރުންނާ މެދު ބިހޭވިއާ މެނޭޖްމެންޓް ޕޮލިސީގެ ދަށުން ފިޔަވަޅު އަޅާނެ އެވެ.