އައްޑޫ ރައްޔިތުންނަކީ ވިސްނުންތެރިން، ތޫނުފިލި ބައެއް ކަމަށާއި އެހެންވެ މި އަހަރުގެ ރިޔާސީ އިންތިހާބުގައި އައްޑޫ ރައްޔިތުންގެ ޗޮއިސްއަކަށް ވާނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު ކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ.
އޭނަ ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ އައްޑޫގެ ރައްޔިތުންނަކީ އެ ސިޓީގެ ތަރައްގީ އާއި ކުރިއެރުމަށް އިސްކަން ދޭނެ ބައެއް ކަމަށެވެ.
Addu gina rayyithunnakee visnuntheri thoonufili bayeh.Atoll ge kurierumaa tharaggee ah iskan dheyne bayeh.Addu rayyithunnah ingey @ibusolih ge sarukaarun dharanyah nagaigen kan Addu ga bodu biya mashroou thah hinganee. Veemaa IMS akee alhugadumenge CHOICE.Addu Rayyithunge CHOICE
— Ibrahim Shareef (@AdduShareef) April 2, 2023
"އައްޑޫ ރައްޔިތުންނަށް އެނގޭ ރައީސް ސޯލިހުގެ ސަރުކާރުން ދަރަންޏަށް ނަގައިގެންކަން އައްޑޫގެ ބޮޑު ބިޔަ މަޝްރޫއުތައް ހިންގަނީ،" މަވޯޓާ ވިދާޅުވި އެވެ. "ވީމާ ރައީސް ސޯލިހަކީ އަޅުގަނޑުމެންގެ ޗޮއިސް. އައްޑޫ ރައްޔިތުންގެ ޗޮއިސް."
އޭނަ ވިދާޅުވި ގޮތުގައި އައްޑޫގެ ތަރައްގީ އަށް މިހާރު ކުރެވެމުން އަންނަ މަސައްކަތްތައް ހުއްޓުވައިލާނެ ބަޔަކު ވެރިކަމަށް ގެންނަން ރައްޔިތުން ބޭނުމެއް ނުވެ އެވެ.
Addu rayyithunnakah nei Addu ge musthagubalu ujaalaa kurumah takaa mihaaru kuriyah dhaa mashroou thah dharani restructure kurumuge huttaalaane bayakah verikan dheykah. Addu zuvaanun vazeefaa furusathu thanavas vaanee mashroou thah nimi iguthisaadhee engine higaigatheemaa
— Ibrahim Shareef (@AdduShareef) April 2, 2023
"އައްޑޫ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ވެސް ތަނަވަސްވާނީ މަޝްރޫއުތައް ނިމި އިގުތިސާދީ އިންޖީނު ހިންގައިގަތީމަ،" މަވޯޓާ ވިދާޅުވި އެވެ. "އައްޑު އަށް އެންމެ ބޭނުން ވަނީ ރަށުތެރޭގައި ދައުރުވާ ފައިސާ އިތުރުވުން. ރައިސް ސޯލިހު ފައްޓަވާފައިވާ ހަންކެޑެ، ގަން އަދި ރިސޯޓް ހަދާ ރަށްރަށް ހިއްކުމުގެ މަޝްރޫއު ފުރިހަމަވީމާ ރައްޔިތުން އެދޭ ބަދަލު އަންނާނެ. އިގުތިސާދު ކުރިއަރަން ފަށާނެ."
AdduCity ah emme beynun vanee rashu therey dhauruvaa faisaa ithuruvun. Ragalhu vazeefaa furusathu ithuruvun. @ibusolih fattvaafaivaa Hankede Gan adhi resort hadhaa rah rah hikkumuge mashroou furihama veemaa rayyithun edhey badhalu annaane. Iguthisaadhu kuriaran fashaane
— Ibrahim Shareef (@AdduShareef) April 2, 2023
އޭނަ ވަނީ ހަންކެޑެ މަޝްރޫއު ވެސް ހުއްޓުވައިލާނެ ބަޔަކަށް އައްޑޫ ރައްޔިތުން ވޯޓް ދޭންވީ ކީއްވެތޯ ސުވާލު ކުރައްވައިފަ އެވެ.
"އަަޅުގަނޑުމެން ބޭނުން ވަނީ ރަނގަޅު އުޖޫރަ ލިބޭ ވަޒީފާގެ ފުރުސަތު ތަނަވަސްވުން. އެކަން ވާނީ ހަންކެޑެ އިތުރު މަޝްރޫއުތައް ވެސް ހިންގައިގެން. އެކަން ރައީސް ކުރައްވާނެކަން ވެސް އެނގޭ." މަވޯޓާ ވިދާޅުވި އެވެ.