Last Updated: July 21, 18:02
Wednesday, July 22, 2026
ދުނިޔެ

އޮބާމާ ވައްޓާލައި އީލޮން އެއް ވަނަ އަށް

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ގިނަ ދުވަސްތަކެއް ވަންދެން ދަމަހައްޓަމުން އައި ޓްވިޓާގައި އެންމެ ގިނަ ފޮލޯވަރުންގެ މަގާމު އޭގެ މިހާރުގެ ވެރިޔާ މަހުޖަނު އީލޮން މަސްކް އަތުލައިފި އެވެ.

ޓެސްލާ އާއި ސްޕޭސް އެކްސް ފަދަ ކުންފުނިތަކުގެ ވެސް ވެރިޔާގެ ޓްވިޓާ ފޮލޯވަރުންގެ އަދަދު މިހާރު ވަނީ 133.3 މިލިއަނަށް އަރައިފަ އެވެ. އެއާ އެކީ އޭނަ މިހާރު ވަނީ ޓްވިޓާގައި އެންމެ ގިނަ ފޮލޯވަރުން ތިބި މީހާގެ ގޮތުގައި ދުނިޔޭގެ ރެކޯޑް ފޮތަށް ވެސް އަރައިފަ އެވެ.

އެމެރިކާގެ ރައީސްކަން ދެ ދައުރަކަށް ކުރެއްވި އޮބާމާގެ ޓްވިޓާ ފޮލޯވަރުންގެ އަދަދަކީ މިހާރު 133 މިލިއަނެވެ.

ޓްވިޓާގައި އެންމެ ގިބަ ފޮލޯވަރުން ތިބި މީހާގެ މަގާމު އީލޮން އަށް ލިބުނު އިރު، އޭނަ ޓްވިޓާ ގަތީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 27 އެވެ. އެއީ 44 ބިލިއަން ޑޮލަރަށެވެ. އީލޮން ޓްވިޓާ ގަތް އިރު، އޭނަގެ ފޮލޯވަރުންގެ އަދަދަކީ 110 މިލިއަނެވެ.

ޓްވިޓާގައި ތިން ވަނަ އަށް އެންމެ ފޮލޯވަރުން ގިނައީ ކެނެޑާގެ ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ އެވެ. އޭނަގެ ފޮލޯވަރުންގެ އަދަދަކީ 113.2 މިލިއަނެވެ.