ފިލިޕީންސްގައި ޕައިލެޓްކަން ކިޔަވަމުން އައި ދިވެހި ދަރިވަރަކު ދުއްވި ސައިކަލެއް އެކްސިޑެންޓުވުމާ ގުޅިހެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން އެބަދެ އެވެ.
އެނގިފައިވާ ގޮތުގައި އެ އެކްސިޑެންޓްގައި އަނިޔާވެ އައިސީޔޫގައި ފަރުވާ ދެނީ ފުވައްމުލަކަށް ނިސްބަތްވާ ލުހެއިމް މުހައްމަދު އިސްމާއީލް، 21، އަށެވެ. އޭނާއަކީ ފިލިޕީންސްގެ އެއާވޯކްސް އޭވިއޭޝަން އެކަޑެމީގައި ޕައިލަޓް ކޯސް ހަދަމުން އަންނަ ދަރިވަރެކެވެ. އެނގިފައިވާ ގޮތުގައި އެކްސިޑެންޓްގައި ލުހައިމްގެ ބޮލަށާއި ދެ ފަޔަށް ވަރަށް ބޮޑަށް ގެއްލުންވެފައިވެ އެވެ.
މި އެކްސިޑެންޓް ހިނގާފައި ވަނީ އޭނާ ދުއްވި ސައިކަލު، ބާރު ސްޕީޑްގައި ދުއްވި އެހެން ސައިކަލެއްގައި ޖެހި ލުހެއިމް ލުއްސައިގެން ގޮސް ހޮޅިދަނޑިއެއްގައި ޖެހިގެންނެވެ.