ބޮލީވުޑްގެ ބަތަލާ ޕްރިނީތީ ޗޯޕްޅާ ކައިވެންޏަށް ތައްޔާރުވަމުން އަންނަ ވާހަކަ ދެކެވެމުން ދަނިކޮށް ލޯބިވެރިޔާ ރާގަވް ޗައްޑާ އެކީ އެއާޕޯޓުން ފެނިއްޖެ އެވެ.
މުމްބާއީ އެއާޕޯޓުން ދެ މީހުން އެކީގައި ފެނުނު އިރު، ވަރަށް އުފަލުން ހެވިފައި ތިިބިކަން ފާހަގަކުރެވުނެވެ. އެ ދެ މީހުންގެ އެކީގައި ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުވެ، މި ވީޑިއޯ އިން ކަށަވަރުވި ކަމަކީ ޕަރިނީތީ ކައިވެނިކުރަން އުޅޭ ވާހަކަ އަކީ ތެދެއްކަން މިހާރު ޔަގީންވެއްޖެ ކަމަށް ފޭނުންތަކެއް ބުނެފައިވެ އެވެ. އަދި އެ މީހުންގެ ގުޅުން މިހާރު ސިއްރެއްގެ ގޮތގައި ބޭނުން ނުވާކަން ވީޑިއޯ އިން ސާފުވެއްޖެ ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ.
ނަމަވެސް މިހާތަނަށް އެ ގުޅުމާ ބެހޭ ގޮތުން ޕަރިނީތީ އެއްޗެއް ނުބުނެ އެވެ. އެކަމަކު ރާގަވްގެ ސިޔާސީ ބައެއް އެކުވެރިން ރާގަވް ކައިވެނިކުރަން އުޅޭ ކަމަށް ބުނެ މަރުހަބާގެ ޓްވީޓްތަކެއް ކޮށްފައި އެވެ. އަދި މިދިޔަ އަހަރު ރިލީޒްކުރި ޕަރިނީތީގެ ފިލްމު "ކޯޑް ނޭމް: ތިރަންގާ" ގެ ބަތަލު ހާޑީ ސަންދޫ ވަނީ ޕްރިޔަންކާ އާއި ރާގަވް ކައިވެނިކުރަން އުޅޭކަން ކަށަވަރުކޮށް ދީފައި ކަމަށް ބުނެފ އެވެ.
ޕަރިނީތީ، 34، އާ އެކީ ލަންޑަނުގައި ކިޔެވި ރާގް، 34، އަކީ އިންޑިއާގެ އިދިކޮޅު ޕާޓީއެއް ކަމަށްވާ އާމް އާދުމީ ޕާޓީ (އާޕް) ގެ މެމްބަރެކެވެ. އަދި އޭނަ އަކީ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ، ރާޖިއަ ސަބާގެ މެމްބަރެކެވެ.