Last Updated: June 22, 13:53
Monday, June 22, 2026
ޚަބަރު

މެރިއޮޓްގެ އޯޕަން ޑޭ އައްޑޫގައި

ރާއްޖޭގައި ރިސޯޓްތަކެއް ހިންގަމުން އަންނަ މެރިއޮޓް އިންޓަނޭޝަނަލް އިން ކުރިއަށް ގެންދަން ނިންމާފައިވާ އެޕްރެންޓިސް ޕްރޮގްރާމަކަށް ބައިވެރިން ހޯދަން އައްޑޫގައި އޯޕަން ޑޭއެއް ބާއްވަން ނިންމައިފި އެވެ.

ދެ ދުވަހަށް ކުރިއަށް ގެންދާ މި އޯޕަން ޑޭގެ ފުރަތަމަ ދުވަސް ކުރިއަށް ދާނީ މަހުގެ 8 ގައި ހުޅުމީދޫގަ އެވެ. އެގޮތުން އެ ދުވަހު އެ އަވަށުގެ ސ. އަތޮޅު މަދަރުސާގައި އޯޕަން ޑޭ ކުރިއަށް ދާނީ ހެންދުނު 10:00 އިން މެންދުރު ފަހު 3:00 އަށެވެ.

އޯޕަން ޑޭގެ ދެވަނަ ދުވަސް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މި މަހުގެ 9 ގައި ހިތަދޫގައި ހުންނަ އައްޑޫ ހައި ސްކޫލްގަ އެވެ. އެއީ އެ ދުވަހު ހެނދުނު 10:00 އިން މެންދުރު ފަހު 3:00 އަށެވެ.

މެރިއޮޓް އިންޓަނޭޝަނަލްގެ އޯޕަން ޑޭގައި އެ ކުންފުނީގެ އެކިއެކި ޕްރަޕަޓީތަކުން ބައިވެރި، އެކި ދާއިރާތަކުން ހުރި ފުރުސަތުތަކާ ބެހޭ މައުލޫމާއި އެޕްލައިކުރާނެ ގޮތުގެ މައުލޫމާތު ދޭނެ އެވެ. އެހެންވެ މިއީ ޓޫރިޒަމް ދާއިރާ އިން ކުރިއަށް ދާން ބޭނުންވާ ޒުވާނުންނަށް ވަރަށް ރަނގަޅު ފުރުސަތަކަށް ވާނެ އެވެ.