Last Updated: June 22, 13:53
Monday, June 22, 2026
ރިޕޯޓް

ރޯދަ ރަހަ: ޗީޒީ ޗިކެން

* ބޭނުންވާ ތަކެތި:

500 ގްރާމް ބޯންލެސް ކުކުޅު
3 ޓޮމާޓޯ (ކިއުބުކޮށް ކޮށާފައި)
1 ފިޔާ ކުދިކޮށް ކޮށާފައި)
½ ޖޯޑު ކޮރިއެންޑާ ފަތް
3 ލޮނުމިދު (ކުދިކޮށް ކޮށާފައި)
2 މޭޒުމަތީ ސަމުސާ ޒައިތޫނި ތެޔޮ
1 ޖޯޑު ކްރީމް ޗީޒް

* ތައްޔާރު ކުރާނެ ގޮތް:

އަވަން ހޫނު ކުރަން ޖެއްސުމަށް ފަހު ޓްރޭގައި ފޮއިލް އަޅާލާށެވެ. ދެން ކޮށާފައި ހުރި ޓޮމާޓޯ، ފިޔާ، ¼ ޖޯޑު ކޮރިއެންޑާ، ލޮނުމިދު އަދި ކުކުޅާއި އެއްކުރުމަށް ފަހު މެރިނޭޑް ކުރަން 10 މިނެޓް ބަހައްޓާށެވެ.

އެއަށް ފަހު އަވަނަށްލުމަށް ފަހު ދެފުށް ރަނގަޅަށް ސޯސް ގަނޑު ރަނގަޅަށް ކެކެންދެން ފިހެލާށެވެ. ކޮންމެ ފުށެއް ވެސް ގާތްގަނޑަކަށް ހަ މިނެޓް ވަންދެން ބެހެއްޓީމަ ރަނގަޅު ވާނެއެވެ. ދެން ކުކުޅުގެ މައްޗަށް ޗިޒް އަޅާށެވެ. އަދި އެއް މިނެޓް ވަންދެން އަވަނުގައި ބަހައްޓާށެވެ.

ބާކީ ހުރި ކޮރިއެންޑާ އޭގެ މައްޗަށް ގާނިޝްކުރަން އަޅާލާށެވެ.