Last Updated: July 26, 18:11
Sunday, July 26, 2026
މުނިފޫހިފިލުވުން

"އިންޑިއަން އައިޑޮލް 13" ރިޝީ އަށް

ސޮނީ ޓީވީގެ "އިންޑިއަން އައިޑޮލް" ސީޒަން 13 ރިޝީ ސިންގް ކާމިޔާބުކޮށްފި އެވެ.

ރޭ ގެނެސްދިން ފޯރި ގަދަ އެހާމެ، ކުލަގަދަ ފިނާލޭ އެޕިސޯޑްގައި އަޔޯދިއާ އަށް ނިސްބަތްވާ ޒުވާން ފަންނާނު މުބާރާތުގެ ޓްރޮފީ އުފުލާލި އިރު، އިނާމަކަށް 25 ލައްކަ ރުޕީސް އާއި ކާރެއް ވެސް ލިބުނެވެ.

ރިޝީ ފާހަގަކުރެވުނީ "އިންޑިއަން އައިޑޮލް 13" ގައި ހުރިހާ ވައްތަރެއްގެ ލަވަތަކެއް ވެސް ކިޔަން މޮޅު ވަކިން ހާއްސަކޮށް ލޯބީގެ ލަވަތަކަށް ވަރަށް ފައްކާ، ހިތްގައިމު އަޑެއްގެ ގޮތުގަ އެވެ.

ހަތް މަހަށް ދެމިގެން ދިޔަ މި ޝޯގެ ފިނާލޭ އަށް ހަ ބައިވެރިޔަކު ވާދަކުރި އިރު، ޝޯގެ ދެވަނަ ލިބުނީ ދެބޯޝްމިތާ ރޯއިއަށެވެ. އަދި ތިން ވަނަ އަކީ ޗިރާގް ކޮޓްވާލް އެވެ.