Last Updated: June 23, 10:51
Tuesday, June 23, 2026
ޚަބަރު

ކަންކަން އިސްލާހު ކުރެވޭނީ އަޒުމެއް އޮވެގެން

ހިޔާލީ ދުނިއެއްގައި ކޮންމެ މީހަކަށް ކޮންމެ ކަމެއް ވެސް އިސްލާހު ކުރެވިދާނެ ކަމަށާއި އެކަމަކު އަމަލީ ދުނިޔޭގައި ކަންކަން އިސްލާހު ކުރެވޭނީ އަޒުމާއި ކެތްތެރިކަން ހުންނަ މީހުންނަށް ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހިޔާލީ ދުނިޔެެއްގައި ކަންކަން އިސްލާހު ކުރުމާއި އަމަލީ ދުނިޔޭގައި ކަންކަން އިސްލާހު ކުރުމަކީ ވަރަށް ތަފާތު ދެ ކަންތައް ކަމަށެެވެ.

"ހިޔާލީ ދުނިޔެއެއްގައި ކޮންމެ ކަމެއް މެ އިސްލާހުކޮށްލެވިދާނެ،" އިމްރާން ވިދާޅުވި އެވެ. "ނަމަވެސް އަމަލީ ދުނިޔެ އިސްލާހު ކުރެވޭނީ އިލްމާއި ހިލްމު އެއްކޮށް، އަޒުމާއި ހިތްވަރާއި ހިކުމަތްތެރި އަމަލީ އެއްކޮށް ކެތްތެރިވެގެން."

އަދާލަތު ޕާޓީގެ ރައީސް މި މޭރުމުން ވާހަކަ ދެއްކެވި އިރު މި އަހަރުގެ ރިޔާސީ އިންތިހާބަށް ސިޔާސީ ޕާޓީތަކުން ކުރަމުން އަންނަ މަސައްކަތުގެ ތެރޭގައި ތަފާތު އެކި ކަހަލަ ވައުދުތައް މިހާރު ވެސް އަންނަނީ ވަމުންނެވެ. އިމްރާންގެ އަދާލަތަކީ މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އެމްޑީޕީއާ އެކީ މި އަހަރުގެ ރިޔާސީ އިންތިހާބަށް ކޯލިޝަން ހަދަން ނިންމާފައިވާ ޕާޓީއެކެވެ.