އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް (ރޮޒޭ) އަކީ ރާއްޖޭގެ ހަށިވިއްކުން ތައާރަފުކުރި ބޭފުޅާ ކަމަށް ބުނެ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގެންގުޅުއްވާ ކަމަށް ބެލެވޭ ހަސަން ކުރުސީ ޓްވިޓާ އެކައުންޓުން ރޮޒޭ އަށް ހުތުރު ތުހުމަތެއްކޮށްފި އެވެެ.
ހަސަން ކުރުސީގެ އެއް ޓްވީޓެއްގައި ރޮޒޭގެ ފޮޓޯއަކާ އެކު އޭނަ ޓެގްކޮށް އިނގިރޭސި ބަހުން ބުނެފައި އޮތީ "ފައުންޑަ އޮފް ޕްރޮސްޓިޓިއުޝަން" ކަމަށެވެ. އަދި ހަމަ އެ ފޮޓޯއާ އެކީ ރޮޒޭ ޓެގްކޮށް ދިވެހިން ބަހުން ބުނެފައި އޮތީ ރޮޒޭ އަކީ ރާއްޖޭގައި ހަށިވިއްކުން ތައާރަފުކޮށް ދެއްވި ބޭފުޅާ ކަމަށާއި ގިނަ ބޭފުޅުން މިހާރު ދަނީ އެ ވިޔަފާރީގެ ތެރެއަށް ވަދެ، ނަފާ ހޯދަމުން ކަމަށެވެ.
Founder of prostitution @Roxeyna pic.twitter.com/m2Toxxi2DS
— Hassan Kurusee (@HKurusee) April 2, 2023
ބެލެވޭ ގޮތުން ރޮޒޭ "ހަށިވިއްކާ" ކަމަށް "ނަޝީދު" ވިދާޅުވަނީ ކުރިން ހުންނެވި ޕާޓީ ދޫކުރައްވައި އެމްޑީޕީ އަށް ވަޑައިގެންފައިވާތީ އެކަމާ ގުޅުވަ އެވެ. ރޮޒޭ ކުރިން އުޅުއްވީ ދާދި ފަހުން އުވައިލި ޑީއާރްޕީގަ އެވެ.
ރޮޒޭ އަކި އަބަދު ވެސް މަޖިލީހުގެ ތަޅުމުގައި އިތުރުން ނަޝީދުގެ ޓްވިޓާ އެކައުންޓްތަކުގައި ރައްދު ދެއްވައި ނަޝީދަށް ބަހުގެ ހަމަލާތައް ދެއްވާ ބޭފުޅެކެވެ.
ރޮޒޭ އަށް ރައްދުކުރި "ހުތުރު" ތުހުމަތަށް ފަހު ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޖުމްހޫރީ ޕާޓީގެ މެމްބަރު ޑރ. އަބްދުﷲ މައުސޫމް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މި އަހަރުގެ ރިޔާސީ އިންތިހާބުގައި ތާއީދުކުރައްވަން ނިންމެވުމާ ގުޅިގެން އޭނަ އަކީ ވެސް ހަށިވިއްކާފައިވާ މީހެއް ކަމަށް "ނަޝީދު" ވިދާޅުވި އެވެ.
ރާއްޖޭގައި ހަށިވިއްކުން ތައާރަފްކޮށްދެއްވި ބޭފުޅާ @Roxeyna.
ގިނަ ބޭފުޅުން މިހާރު ދަނީ އެވިޔަފާރީގެ ތެރެއަށް ވަދެ، އޭގެން ނަފާ ހޯދަމުން. pic.twitter.com/9ivsSp7ZgT
— Hassan Kurusee (@HKurusee) April 2, 2023
އެގޮތުން މައުސޫމްގެ ފޮޓޯއަކާ އެކީ އޭނަ ޓެގްކޮށް، ހަސަން ކުރުސީ ބުނީ މައުސޫމްގެ ހަށި ނީލަމަށް ލައިފި ކަމަށާއި އަގަކީ ކުރިއަށް އޮތް 8 މަހަށް 520،000ރ. ކަމަށެވެ.
ރޮޒޭއާ ބެހޭ ގޮތުން "ނަޝީދު" ކުރެއްވި ޓްވީޓާ ގުޅިގެން ރޮޒޭ ވިދާޅުވީ "ފާޑުފާޑު ނަންތައް ރައްދު ކުރިޔަސް އޭނަ ނުހުއްޓުވޭނެ ކަމަށާއި ނުވެސް ހުއްޓުވޭނެ" ކަމަށެވެ.
🚨އަޕްޑޭޓް: ހަށި ވިއްކަވައިވި. އަގަކީ 520،000 (8 މަހުގެ މުސާރަ)@Mausoom_Maus https://t.co/oMpxbIKGZB
— Hassan Kurusee (@HKurusee) April 2, 2023
"އިދިކޮޅުވާ މީހުންނަށް އަބަދު ވެސް ފުރައްސާރަކުރާ މީހެއް ތިއީ. ހާއްސަކޮށް އަންހެނުންނަށް. އަދި ތިކަން މިހާރު ތިއޮތީ ހައްދުން ނައްޓާފައި. ނަޝީދަކީ ކާކުކަން މިހާރު އެންމެންނަށް ވެސް އެނގޭ." އޭނަ ވިދާޅުވި އެވެ.
You’re the founder of Personal Harassment too. It’s something you introduced in Maldives politics. Credit goes to you, Rosey.
You’ve chosen the Accheedi way in everything. @Roxeyna https://t.co/pLkUIUIQw0
— Hassan Kurusee (@HKurusee) April 2, 2023
އޭގެ ރައްދުގައި "ނަޝީދު" ވިދާޅުވީ "ރޮޒޭ އަކީ ރާއްޖޭގެ ސިޔާސީ ދާއިރާގައި ޒާތީ ގޮތުން ފުރައްސާރަކުރުން ތައާރަފު ވެސް ކުރި މީހާ" ކަމަށެވެ.
"އޭގެ ކްރެޑިޓް އޮތީ ހަމަ ރޮޒޭ އަށް،" އޭނަ ވިދާޅުވި އެވެ. "ރޮޒޭ އަކީ ހުރިހާ ކަމެއް އައްޗީޑިކޮށް ކުރާ މީހެއް."