މި މަހު ބާއްވާ ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީ އަށް ކާމިޔާބުވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.
މި މަހުގެ 16 ގައި ބާއްވާ އިންތިހާބަށް ވާދަކުރާ ޕާޓީތަކުން މިހާރު ކެމްޕޭން ކުރަމުން އަންނަ އިރު، ރާއްޖެ ޓީވީ އަށް ފައްޔާޒް ވިދާޅުވީ މީގެ ކުރިން ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީ އަށް ލިބިފައި ނެތް ކަމަށެވެ. އެކަމަކު މި ފަހަރު އެ ގޮނޑި އެ ޕާޓީން ހޯދާނެ ކަމަށް ވިދާޅުވި އެވެ.
އެމްޑީޕީގެ ފަރާތުން ގުރައިދޫ ގޮނޑި އަށް ވާދަކުރައްވަނީ އިބްރާހީމް ޝާޒެވެ.
ކ.ގުރައިދޫ ދާއިރާގެ މަޖިލިސް ބައި-އިލެކްޝަން އެމްޑީޕީގެ ކެނޑިޑޭޓް @shaaxibrahim ގެ ކެމްޕޭން ކުރިއަށް ދާގޮތް ބައްލަވާލުމަށް ޗެއާރޕާރސަން @faya_i، ކެމްޕެއިން މެނޭޖަރ @JeymeyJaish ، ޗެއަޕާސަންގެ ނައިބް @ibreys އަދި ޓީމްގެ ބޭފުޅުން ކ.މާފުށީގައި.#VoteShaax 2️⃣✔️#Agenda19 pic.twitter.com/S83ljOYfy4
— MDP Secretariat (@MDPSecretariat) April 1, 2023
ފައްޔާޒް ވިދާޅުވި ގޮތުގައި ޝާޒާ އެކީ އެމްޑީޕީ އަށް ގޮނޑި ލިބޭނެކަމުގެ އުންމީދު ވަރަށް ބޮޑެވެ.
"އެ ދާއިރާ އަކީ ދުވަހަކު ވެސް އެމްޑީޕީ އަށް ލިބިފައިވާ ދާއިރާއެއް ނޫން. އިންޝާﷲ މި ފަހަރު އެމްޑީޕީ އަށް ކާމިޔާބު ވާނެ." އޭނަ ވިދާޅުވި އެވެ.
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނަށް ވާދަކުރަނީ އެމްޑީޕީގެ އިތުރުން ޕީޕީއެމާއި އެމްއެންޕީންނެވެ. ޕީޕީއެމްގެ ކެންޑިޑޭޓަކީ ކުރިން ގުރައިދޫ ދާއިރާގެ މެމްބަރަކަށް ހުންނެވި އިބްރާހިމް ރިޒާގެ ކޮއްކޮ ހުސައިން ރިޒާ އެވެ. މި ބައި-އިލެކްޝަން ބާއްވަން ޖެހުނީ 14 އަހަރު ވަންދެން ގުރައިދޫ ތަމްސީލު ކުރެއްވި ރިޒާ ފެބްރުއަރީ މަހު އަވަހާރަވުމާ ގުޅިގެންނެވެ.
އެމްއެންޕީގެ ފަރާތުން ބައި-އިލެކްޝަނަށް ވާދަކުރަނީ އަލީ އަރީފެވެ.