Last Updated: May 4, 10:18
Sunday, May 4, 2025
ޚަބަރު

"އުމްރާ ދަތުރު" ގެ ނަމުގައި އެޕެއް

"އުމްރާ ދަތުރު" ގެ ނަމުގައި އެޕެއް ނެރެފި އެވެ.

ރާއްޖޭން އުމްރާ އަށް ދާ މީހުންނަށް ބޭނުންވާ މައިގަނޑު ހުރިހާ މައުލޫމާތުތަކެއް ހިމެނޭ ގޮތަށް އަދި އުމްރާ ދަތުރު ވަރަށް ބޮޑަށް ފަސޭހަކޮށްފޭ ފަރުމާކޮށްފައިވާ މި އެޕް ގޫގުލް ޕްލޭ ސްޓޯރުންނާއި އެޕް ސްޓޯރުން ވެސް ޑައުންލޯޑްކުރެވޭނެ އެވެ.

ރާއްޖޭން ކޮންމެ އަހަރަކު ވެސް ގިނަ ބަޔަކު އުމްރާގެ އަޅުކަމަށް ސައޫދީ އަރަބިއްޔާ އަށް ދާތީ "އުމްރާ ދަތުރު" އެޕް ވާނީ ދަތުރަށް ތައްޔާރުވާ މީހުންނަށް ވަރަށް ހާއްސަ، މުހިއްމު އެއްޗެކެވެ.

މި އެޕް ފަރުމާކުރީ ފިނޭންސް މިނިސްޓްރީގެ ޑިވެލޮޕަރެއްގެ ގޮތުގައި މަސައްކަތްކުރަމު އަންނަ މަންސޫރު އަހުމަދު މަންސޫރު ކިޔާ ޒުވާނެކެވެ.

"އުމްރާ ދަތުރު" އެޕް ލޯންޗްކުރީ މިދިޔަ އަންގާރަ ދުވަހު އެވެ.