ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައި މީހެއްގެ ހާލު ސީރިއަށް ވެއްޖެއެވެ.
ފުލުހުން ބުނެފައިވަނީ، ހުޅުމާލެ ފޭޒް2 ޖޭ.އެމް.ސީ ސައިޓް ކައިރިން ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ރޭ 01:20 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މި އެކްސިޑެންޓްގައި 19 އަހަރުގެ ފިރިހެނަކަށާއި 56 އަހަރުގެ ފިރިހެނަކަށް އަނިޔާވެފައިވެއެވެ. މީގެތެރެއިން 56 އަހަރުގެ މީހާގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބޭ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މި އެކްސިޑެންޓްގައި އަނިޔާވި މީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު މިހާރު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.