އިންޑިއާގެ މަޝްހޫރު ޓީވީ ބަތަލާ ދިވްޔަންކާ ޓްރިޕަތީގެ ފިރިމީހާ، ޓީވީ އެކްޓަރު ވިވެކް ދަހިޔާގެ ފީޗާ ފިލްމެއް ބޮޑު ސްކްރީނަށް ގެންނަން ތައްޔާރުވާން ފަށައިފަ އެވެ.
މިހާރު ޓީޒާއެއް ވެސް ދައްކާލާފައިވާ މި ފިލްމަކީ ރޯޑް ޓްރިޕް ފިލްމެއް ކަމަށްވާ "ޗަލް ޒިންދަގީ" އެވެ. މީގެ ކާސްޓްގައި މަޝްހޫރު ލަވަކިޔުންތެރިޔާ ކުމާރު ސާނޫގެ އަންހެން ދަރިފުޅު ޝެކަން ހިމެނެ އެވެ. ސިނަމާތަކަށް ގެންނާނެ އިރެއް އަދި އިއުލާން ނުކުރާ ފިލްމުން ސަންޖޭ މިޝްރާ އާއި މިތާ ވަޝިސްތު، ވިވާން ޝަރުމާ އަދި ވިކްރަމް ސިންގްް ވެސް ފެންނާނެ އެވެ.
"ޗަލް ޒިންދަގީ" ގެ ޑައިރެކްޓަރަކީ ވިވެކް ޝަރުމާ އެވެ.
މީފެ ރޯލަކުން ވިވެކް، 38، ބޮޑު ސްކްރީނުން ބައްދަލުކުރާ އިރު، އޭނަ ކުޅުނު ސިލްސިލާތަކުގެ ތެރޭގައި އަންހެނުން ދިވްޔާގެ "ޔޭ ހޭ މޮހައްބަތޭ" އާއި "ޔޭ ހޭ އާޝިގީ" އަދި "ގަޔާމަތު ކީ ރާތު" ހިމެނެ އެވެ. ދެހާސް ވިހީގައި ޒީ5 އިން ވިވެކް މުހިއްމު ރޯލެއް ވެބް ފިލްމު "ސްޓޭޓް އޮފް ސީޖް: 26/11" ގެނެސްދީފައިވެ އެވެ.