ހުޅުމާލޭގައި މިއަދު ހެނދުނު ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެއެވެ.
ފުލުހުން ބުނެފައިވަނީ، ހުޅުމާލެ ފޭސް 2 އެމްޕީއެލް ފްލެޓް ކައިރިން ޕިކަޕަކާއި ސައިކަލެއް ޖެހި މިއަދު ހެނދުނު އެކްސިޑެންޓެއް ވެފައިވާ ކަމަށެވެ.
މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ 59 އަހަރުގެ ފިރިހެކަށެވެ. އެމިހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ނިޔާވެފައިވާ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.