އެމެރިކާގެ މަޝްހޫރު އާކިޓެޗަރ ކުންފުންޏާއި އިތުރު ބައެއް ކުންފުނިތައް ގުޅިގެން ވޯލްޑް ސްޕޯޓްސް ސިޓީ ގެ ސާފު ވިލެޖެއް އައްޑޫގައި ތަރައްޤީ ކުރުމަށް ހުށަހަޅައިފިއެވެ.
މި ހުށަހެޅުމާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން އައްޑޫސިޓީ ކައުންސިލުން ވިދާޅުވީ، މި ހުށަހެޅުން އެފަރާތުން ގެނައީ ކައުންސިލާއި ހިސާބަށް ކަމަށާއި އެހައި ހިސާބުން ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކަށް އަންގައި މިކަން ކުރިއަށް ގެންދާނެ ގޮތަކާއި ގުޅޭގޮތުން މަޝްވަރާތަކެއް ފެށިފައިވާ ކަމަށެވެ. މިގޮތުން މިތަން ތަރައްޤީ ކުރުމާއި ބެހޭ އެމްއޯޔޫ އެއް ތައްޔާރު ކުރެވި އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.
It will feature state-of-the-art technology providing a world-class surfing experience, a biosphere reserve, a sports academy, luxury hotels and more. 2/3
— Addu City Council (@AdduCityCouncil) April 3, 2023
އައްޑޫސިޓީ ކައުންސިލުން ވިދާޅުވީ، މަޝްވަރާތައް ކުރިއަށްދާއިރު އަދި އެ ފަރާތްތަކުން ޕްރޮޕޯސަލްއެއް ހުށަހަޅާފައި ނުވާ ކަމަށެވެ. ނަމަވެސް އެ މަސައްކަތް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގެ ކުރާނެ ކަމަށް ބެލެވޭ ކަމަށާއި، އެހައި ހިސާބުން ސަރުކާރުގެ ކަމާއި ގުޅުން ހުރި އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ.
މިމަޝްރޫޢުގެ ތެރެއިން ކުޅިވަރާއި މުނިފޫހިފިލުވުމަށް ގިނަ ވަސީލަތްތަކެއް ޤާއިމް ކުރެވި، ރާޅާ އެޅުމަށް ޓެކްނޮލޮޖީގެ ޒަރީއްޔާއިން ރާޅު އުފައްދާ ނިޒާމެއް ޤާއިމް ކުރާނެއެވެ. މި ރަށް ޑިޒައިން ކޮށްފައިވަނީ މަންތާ ނުވަތަ މަޑިއެއްގެ ސިފައިގައެވެ. މިތަނަށް ކިޔާނީ މަންތާ ސާފް ވިލެޖް ބައި ވޯލްޑް ސްޕޯޓްސް ސިޓީއެވެ.
The project is supported by a consortium of international partners, including Jo Palma + Partners Corporation, Gleeds International Ltd., Thornton Tomasetti, and Alcral AG. Completion of MANTA Surf Village by WSC is expected to be completed by 2030. 3/3
— Addu City Council (@AdduCityCouncil) April 3, 2023
އައްޑޫގައި ތަރައްޤީ ކުރުމަށް ރޭވިފައިވާ މިމަޝްރޫޢު ނިމޭނެ ކަމަށް ލަފާ ކުރަނީ 2030 ވަނަ އަހަރެވެ. މިމަޝްރޫޢުގައި އެމެރިކާގެ މަޝްރުޢޫ އާކިޓެކްޗަރަލް ފާމް ޖޯ ޕާމާގެ އިތުރުން، ގްލީޑްސް އިންޓަނޭޝަނަލް ކުންފުނި، ތޯންޓަން ޓޮމަސެޓީ އަދި އެސެޓް މެނޭޖްމެންޓް ކުންފުންޏެއް ކަމަށްވާ އަލްކްރަލް ހިމެނެއެވެ.