Last Updated: June 22, 13:53
Monday, June 22, 2026
ރިޕޯޓް

ރޯދަ ރަހަ: ޕޮޓޭޓޯ ލަޒާނިއާ

* ބޭނުންވާ ތަކެތި:

500 ގްރާމް އަލުވި
300 ގްރާމް މީޓް ސޯސް
210 ގްރާމް ޗީޒް (ގާނާފައި)
1 ބޮނޑި ބޭބީ ސްޕިނަޗް

* ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ އަލުވިތައް ފޮތިފޮތިކޮށް ކޮށާލާށެވެ. ދެން ޓްރޭއަކަށް މީޓް ސޯސްކޮޅެއް އެޅުމަށް ފަހު އަލުވި، ބޭބީ ސްޕިނެޗް އަދި ޗީޒް އަޅާށެވެ. މިގޮތަށް އިތުރު ދޭއް ނުވަޔަ ތިން ލޭޔާ ހެދުމަށް ފަހު 200 ޑިގްރީގައި 20 މިނެޓް ފިހެލުމުން ޕޮޓޭޓޯ ލަޒާނިޔާ ތައްޔާރުކޮށްލެވުނީ އެވެ.