Last Updated: June 14, 02:16
Saturday, June 13, 2026
ޚަބަރު

މިރޭގެ އިހުޔާ ފޯރަމް ދުވާފަރުން

އިސްލާމިކް މިނިސްޓްރީގެ އިހުޔާމް ފޯރަމް މިރޭ ރ. ދުވާފަރުގައި ބާއްވަން ނިންމައިފި އެވެ.

މިއީ މި ރޯދަ މަހު އަތޮޅުތެރޭގައި ބާއްވާ ހަތަރު ވަނަ ފޯރަމް އެވެ. ކުރިން އަތޮޅު ތެރެއިން ފޯރަމް ބޭއްވީ އައްޑޫ ހިތަދު ޅ. ނައިފަރާއި ހދ. ކުޅުދުއްފުށީގަ އެވެ. މިރޭގެ ފޯރަމަކީ މި ރޯދަ މަހުގެ 8 ވަނަ ފޯރަމެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިރޭގެ ފޯރަމްގެ މައުޟީ އަކީ "އަލްހުޖުރާތު ސޫރަތުން ލިބޭ ފިލާވަޅުތައް" ކަމަށާއި ފޯރަމްގައި ތަގުރީރު ކުރައްވާނީ ޝެއިހް މުހައްމަދު ޝިފާނާއި ޝެއިހް އާޒިމް ހާލިދެވެ.

ފޯރަމް އޮންނާނީ ދުވާފަރު ސްކޫލްގަ އެވެ.

ރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ފޯރަމްގައި ވާހަކަ ދެއްކީ އަރަބިއްޔާގެ ދަރިވަރުންނެވެ. އެ ފޯރަމްގެ މައުޟޫ އަކީ "ޔޫރަޕްގެ ކުރިއެރުމުގައި މުސްލިމުންގެ ދައުރު" އެވެ.