Last Updated: July 26, 18:11
Sunday, July 26, 2026
މުނިފޫހިފިލުވުން

ޝާހިދުގެ ކޮއްކޮ އިޝާން ހޮލީވުޑަށް

ބޮލީވުޑްގެ ތަރި ޝާހިދު ކަޕޫރްގެ ކޮއްކޮ އިޝާން ހައްތަރަށް ހޮލީވުޑްގެ ސީރީޒަކުން ފުރުސަތު ލިބިއްޖެ އެވެ.

ކުރިން ވެސް އިންޑިއާ އިން ބޭރުގެ ޑައިރެކްޓަރުންތަކަކާ އެކީ މަސައްކަތްކޮށްފައިވާ 27 އަހަރުގެ އެކްޓަރު ސޮއިކުރި ހޮލީވުޑް ޕްރޮޖެކްޓަކީ ނިކޯލް ކިޑްމަން ލިއެބް ޝްރެއިބާ ފަދަ މަޝްހޫރު ތަރިން ހިމެނޭ ނެޓްފްލިކްސްގެ މިނީ ސރީޒް "ދަ ފާފެކްޓް ކަޕްލް" އެވެ.

މީގެ ވާހަކަ އިންސްޓަގްރާމްގައި ވެސް އިޝާން ހިއްސާކޮށް، މިއާ އާ ފެށުމެއް ކަމަށް ބުނެފައިވެ އެވެ.

"ދަ ޕާފެކްޓް ކަޕްލް" ގެ ކާސްޓްގައި ޑަކޯޓާ ފޭނިން، އީވް ހިއުސަން، ބިލީ ހޯލީ، މޭގަން ފަހީ، ސޭމް ނިވޯލާ، ޖެކް ރޭނާ، މިއާ އިސާކް އަދި ޑޯނާ ލީން ޗެމްޕްލިން ހިމެނެ އެވެ.

މި ސީރީޒަކީ ހަމަ އެ ނަމުގައި ލިޔުންޔެރިޔާ އެލިން ހިލްޑަބްރޭންޑް ގެނެސްދިން ވާހަކަ އަށް ބިނާކޮށް، ހަ އެޕިސޯޑް އެކުލެވޭ ގޮތަށް ހަދާ ސީރީޒެކެވެ.

އިޝާން ލީޑް އެކްޓަރެއްގެ ގޮތުގައި ނުކުތީ އިރާންގެ ޑައިރެކްޓަރު މާޖިދު މާޖިދީގެ 2017 ގެ "ބިޔޯންޑް ދަ ކްލައުޑްސް" އިންނެވެ. އަދި އޭނަގެ ފުރަތަމަ ބޮލީވުޑް ފިލްމަކީ 2018 ގެ "ދަޅަކް" އެވެ. ނެޓްފްލިކްސްގެ ސީރީޒަކުން އިޝާން އަށް ފުރުސަތު ލިބުނު އިރު، އޭނަ ވަނީ ޑައިރެކްޓަރު މީރާ ނައިރް 2020 ގައި ނެޓްފްލިކްސް އަށް ގެނެސްދިން ސީރީޒް "އަ ސޫޓަބަލް ބޯއި" ގެ ލީޑް ރޯލު ވެސް ކުޅެފަ އެވެ.

އިޝާންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ފޯން ބޫތު" އެވެ. އޭނަގެ ކުރިއަށް އޮތް ފިލްމަކީ "ޕިއްޕާ" އެވެ.