Last Updated: July 25, 10:51
Saturday, July 25, 2026
ޚަބަރު

ވިލިމާލޭގައި ބަގީގެ ހިދުމަތް ފަށައިފި

ވިލިމާލޭގައި ކުރިން ވެސް ދެމުން އައި ބަގީގެ ހިދުމަތް ހުއްޓާލާފައި އޮންނަތާ ދުވަސްތަކެއް ފަހުން އެ ހިދުމަތް އަލުން ފަށައިފި އެވެ.

މާލެ ސިޓީ ކައުންސިލުން އެ ހިދުމަތް ފެށުމަށް ރޭ ވިލިމާލޭގައި ހާއްސަ ރަސްމިއްޔާތެއް ވެސް ބޭއްވި އެވެ. ބަގީގެ ހިދުމަތް ފައްޓަވައި ދެއްވީ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ.

މި ރޯދަމަސް ނިމެންދެން ބަގީގައި ހިލޭ ދަތުރުކުރެވޭނެ އެވެ. އެއީ ޕްރައިވެޓް ހަޔާ ފިޔަވަ އެވެ. ވިލިމާލޭގައި ކުރާ ބަގީ ދަތުރުތަކަށް 2ރ. ނަގަން މާލޭ ސިޓީ ކައުންސިލުން ވަނީ ނިންމައިފަ އެވެ. ނަމަވެސް ބަގީ، ޕްރައިވެޓް ހަޔާގެ ގޮތުގައި ނަގާ ނަމަ އަގު ތަފާތު ވާނެ އެވެ. އެ އަގުތަކަކީ؛

• 4 ސީޓްގެ ބަގީއަކަށް 6ރ.

• 6 ސީޓްގެ ބަގީއަކަށް 10ރ.

• 12 ސީޓްގެ ބަގީއަކަށް 15ރ.

ވިލިމާލޭގައި ބަގީގެ ހިދުމަތް ދޭން 10 ބަގީ މިދިޔަ މަހުގެ ތެރޭގައި އެ އަވަށަށް ގެންގޮސްފައިވެ އެވެ.

މާލެ ކައުންސިލުން ބުނީ ރޯދަމަސް ނިމެންދެން ބަގީގައި ހިލޭ ދަތުރުކުރެވޭނެ ކަމަށެވެ. އެކަމަކު ޕްރައިވެޓް ހަޔާ ފިޔަވަ އެވެ. ވިލިމާލޭގައި ކުރާ ބަގީ ދަތުރުތަކަށް ނަގަން ނިންމާފައި ވަނީ 2ރ. އެވެ. ނަމަވެސް ބަގީ، ޕްރައިވެޓް ހަޔާގެ ގޮތުގައި ނަގާ ނަމަ އަގު ތަފާތު ވާނެ އެވެ. އެ އަގުތަކަކީ؛

* 4 ސީޓްގެ ބަގީއަކަށް 6ރ.
* 6 ސީޓްގެ ބަގީއަކަށް 10ރ.
* 12 ސީޓްގެ ބަގީއަކަށް 15ރ.

ވިލިމާލޭގައި ބަގީގެ ހިދުމަތް ފެށި އިރު، އެމްޓީސީސީން އަންނަނީ އެތަނުގައި ބަހުގެ ހިދުމަތް ވެސް ދެމުންނެވެ. އެ ކުންފުނީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް އާރްޓީއެލް) ގެ ދަށުން ވިލިމާލޭގައި ބޭނުން ކުރަނީ އިލެކްޓްރިކް ބަހެވެ.