އެމެރިކާ އިން އަލުން ހަނދަށް ދާން ފަށާފައިވާ "އާޓެމިސް" ޕްރޮގްރާމްގައި ހަނދަށް ފޮނުވާ އެސްޓްރޮނޯޓުންގެ ޓީމް އިއުލާންކޮށްފި އެވެ.
އެމެރިކާ ޖައްވީ އިދާރާ ނާސާ އިން އިއުލާންކުރި ޓީމްގައި ހަތަރު މެމްބަރަކު ހިމެނޭ އިރު، ކުރިން ވެސް ނިންމާފައިވާ ގޮތަށް އަންހެން އެސްޓްރޮނޯޓަކު ހަނދަށް ކުރާ ދަތުރުގައި ބައިވެރިވާނެ އެވެ. އެއީ ކްރިސްޓީނާ ކޮޗް، 44، އެވެ. މި ފުރުސަތަކާ އެކީ އޭނަވެފައި ވަނީ ނާސާގެ ލޫނާ މިޝަންއެއްގައި ހިއްސާވާ ފުރަތަމަ އަންހެން އެސްޓްރޮނޯޓަށެވެ.
Here they are. @SenBillNelson announces the #Artemis II crew, the next astronauts to fly around the Moon:@Astro_Christina@Astro_Jeremy@AstroVicGlover@Astro_Reid
We go together. https://t.co/XdUizg2Wye pic.twitter.com/6Yo4I2lKeJ
— NASA (@NASA) April 3, 2023
އަންނަ އަހަރުގެ ފަހުކޮޅު ނުވަތަ 2025 ގެ ކުރީކޮޅު ހަނދަށް އެސްޓްރޮނޯޓުންތަކެއް ފޮނުވަން ނާސާ އިން އަމާޒު ހިފާފައިވާ އިރު، އެ ޓީމްގައި ހިމެނޭ އަނެއް ތިން އެސްޓްރޮނޯޓުންނަކީ ވިކްޓާ ގްލޯވާ، 46، އާއި ރީޑް ވައިސްމަން، 47، ގެ އިތުރުން ޖެރެމީ ހެންސެން، 47، އެވެ.
The @NASA Artemis II crewed mission around the Moon will inspire the next generation of explorers, and show every child – in America, in Canada, and across the world – that if they can dream it, they can be it. pic.twitter.com/X8q3GLTBiQ
— President Biden (@POTUS) April 3, 2023
ނާސާ އިން ބުނި ގޮތުގައި އެމެރިކާ އިން ހަނދަށް ދިޔަތާ ބައި ގަރުނަށް ވުރެ ގިނަ ދުވަސް ފަހުން މިފަދަ މިޝަންއަކަށް އަށް ތައްޔާރުވާ އިރު، އެންމެ ބޮޑު ތަފާތަކަށް ވާނީ 21 ވަނަ ގަރުނުގެ ކުރިއަރާފައިވާ ޓެކްނޮލޮޖީ އެވެ. އެހެންވެ މި ފަހަރުގެ މިޝަން ހަނދާން ގުޅޭ ވަރަށް ގިނަ ހޯދުންތަކެއް ހޯދަން މަގުފަހިވާނެ ކަމަށް ބުންޏެވެ.
އެމެރިކާ އިން ފުރަތަމަ ހަނދަށް ދިޔައީ 1969 ގަ އެވެ. އަދި އެ ޝަރަފު ލިބުނު ފުރަތަމަ އެސްޓްރޮނޯޓަކީ 2012 ގައި މަރުވެފައިވާ ނީލް އާމްސްޓްރޯންގެވެ.