ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުންގެ ފަރާތުން، އުނގެނުމަށާއި ހުނަރު ދަސްކުރުމަށް ބޭނުންކުރާ ކުޅޭ ތަކެއްޗާއި ފޮތް، ކުޑަކުދިންގެ މަރުކަޒު 'ފިޔަވަތި' އަށް ހަދިޔާކޮށްފިއެވެ.
ބީއެމްއެލްއިން ބުނެފައިވަނީ އެ ބޭންކްގެ މުވައްޒަފުން މުޖުތަމައަށް ހެޔޮ ބަދަލެއް ގެނެއުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ފިޔަވަތީގައި ދިރިއުޅެމުންދާ ކުދިން ބޭނުންކުރާނެ ސާމާނާއި ފޮތް ހަދިޔާކޮށްފައިވާ ކަމަށެވެ.
މިގޮތުން، ކިޔެވުމަށް ބޭނުންވާ ކުޅޭ ސާމާނާއި، ވާހަކަ ފޮތް، ކުލަޖައްސާ ފޮތް، ކްރާފްޓް ސެޓް، ބޯޑު ގޭމްސް، ސްޓޭޝަނަރީސް ގެ އިތުރުން ޕަޒްލްވެސް ހަދިޔާކޮށްފައިވާ ކަމަށެވެ.
މިދިޔަ އަހަރުގެ ރަމަޟާން މަހު ބީއެމްއެލްގެ މުވައްޒަފުން އިސްނަގައިގެން ވަނީ އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީވުމަށް މޮމްސް އިން ހިންގާ ' ހެލްޕް އަ ފެމިލީ" ޕްރޮގްރާމް އަށް އަސާސީ ކާބޯތަކެތީގެ އެހީތެރިކަންފޯރުކޮށްދީފިއެވެ.
އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީވުމަށް ފާއިތުވި 3 އަހަރުގެ ރަމަޟާން މަހު އާކް އެއިޑް ޕްރޮގްރާމަށްވެސް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.