ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް 12 ފަރާތެއް ކުރިމަތިލައްވައިފިއެވެ.
ޖުޑިޝަލް ސަރވިސް ކޮމިޝަނުން ބުނެފައިވަނީ، ކްރިމިނަލް ކޯޓުގެ ޤާޒީކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން ސުންގަނޑި ހަމަވުމުގެ ކުރިން 12 ފަރާތެއް ކުރިމަތިލާފައިވާ ކަމަށެވެ.
އެގޮތުން ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލާފައިވާ ފަރާތްތަކަކީ އުއްމުކުލްޡޫމް އަބޫބަކުރު / ރަނައުރާގެ، ބ.ހިތާދޫ، ލިއުޝާދު އަބްދުއްސައްތާރު / ހިޔާ، ހދ.ނޮޅިވަރަން، ހައްމާދު ނަސީމް އަލީ / ނާރެސް، ގދ.ފިޔޯރީ، މުހައްމަދު މިންހާޖް / ހިރިލަންދޫގެ، ސ.ފޭދޫ، ފާތިމަތު ނަބާހާ / ޝާދީވިލާ، ގދ.ފިޔޯރީ، އާއިޝަތު ނުޒުހާ / މާލެގަން، ފެނާތުރު، ޏ.ފުވައްމުލައް، އާއިޝަތު ނިހާ / މޫން ޕްލާޒާ، ހދ.ވައިކަރަދޫ، އަބްދުލްމުހުސިން އަބްދުލްހަކީމް / އާކުރި، ގއ.ނިލަންދޫ، ފާތިމަތު ސައީދު / ގެދަރުގެ، ސ.ފޭދޫ، ހަސަން ޝަމާމް / ކޮށިތެރޭގެ، ހއ.އިހަވަންދޫ، އަހްމަދު ނައުފަލް / ޝިފާނާވިލާ، ކ.މާލެ އަދި އަލީ ނަސީރު / ގާރޑެނިޔާވިލާ، ބ. ކިހާދޫ އެވެ.
ގާޒީންގެ އަސާސީ މުސާރަ އަކީ މަހަކު 30،000 ރުފިޔާއެވެ. މީގެ އިތުރުން ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000 ރުފިޔާ އާއި ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 3،300 ރުފިޔާ ލިބެއެވެ.