ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމްގެ އިސްތިއުނާފު ހައިކޯޓުން ބަަލައިގަނެފިއެވެ.
ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ ޑިސެމްބަރު މަހުގެ 25 ގައެވެ.
މި ހުކުމް އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގައި ހިމެނޭ ވ. އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާ އާއި، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވުމުންނެވެ. ދައުވާތައް ސާބިތުވުމުން ވަނީ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް އެ ފައިސާ ހަ މަސްތެރޭ ދެއްކުމަށް ވެސް އަމުރުކޮށްފައެވެ.
މިހުކުމް ޔާމީންގެ ފަރާތުން ފެބްރުއަރީ މަހު އިސްތިއުނާފަށް ހުށަހެޅިއިރު، އިސްލާހު ކުރުމަށް އެންގި ކަންކަން އިސްލާހު ކުރުމުން، އެ މައްސަލަ ބަލައިގަނެ މިއަދު ވަނީ ހައިކޯޓުގައި ރަޖިސްޓްރީ ކޮށްފައެވެ.
މިއަރު ބާއްވާ ރިޔާސީ އިންތިހާބު ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާއިރު، ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ބުނަމުން އަންނަނީ އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމީން ކަމަށެވެ.