Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

އެސްޓީއޯގެ އެމްޑީއަކަށް ސައީދު އައްޔަނުކޮށްފި

އަބްދުﷲ ސައީދު- ފޮޓޯ: އެމްއެސްއެސް

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އަބްދުﷲ ސައީދު އައްޔަނު ކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑް (ޕީސީބީ)އިން ބުނެފައިވަނީ އެ ބޯޑުން އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމަށް މއ.ކޮށީގެ، އަލްފާޟިލް އަބްދުﷲ ސައީދު މިއަދު އައްޔަންކޮށްފައިވާ ކަމަށެވެ.

ޕީސީބީން ބުނެފައިވަޏީ ސައީދަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަނު ކުރެއްވިކަމުގެ ލިޔުން ހަވާލުކޮށްފައިވަނީ އެކަމަށްޓަކައި މިއަދު ފިނޭންސް މިނިސްޓްރީގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި ކަމަށެވެ. މި ރަސްމިއްޔާތުގައި ޕީސީބީގެ ޤާނޫނާއި ކޯޕަރޭޓް ގަވާނަންސްއާ ގުޅޭ މައުލޫމާތު ހިއްސާކޮށް، ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭ ކުންފުނީގެ މުހިންމު ކަނޑުދަނޑިތަކާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް ޕީސީބީން މައުލޫމާތުދެއެވެ.

ސައީދު އެންމެ ފަހުން ހުންނެވީ މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ.