Last Updated: June 8, 12:02
Monday, June 8, 2026
ޚަބަރު

ގާދިއްފުށި ގޮނޑުދޮށް ހިމާޔަތްކުރުން ކުރިއަށް

ތ. ގާދިއްފުށި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަން އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ، ތ. ގާދިއްފުށި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 75 އިންސައްތަ މިހާރު ފުރިހަމަކުރެވިފައިވާ ކަމަށެވެ. އަދި ގްރޮއިން ޖެހުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައިވާ ކަމަށާއި ގޮނޑުދޮށައް ވެލި އެޅުމުގެ މަސައްކަތް މިހާރު 65 އިންސައްތަ ފުރިހަމަކުރެވިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 15 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 500 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 18894 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ހިމެނެއެވެ.

ތ. ގާދިއްފުށި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަކީ 19.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.