ބޭނުންވާ ތަކެތި:
1 ޖޯޑު ފުށް
1 ސައިސަމުސާ އިންސްޓަންޓް އީސްޓް
1 މޭޒުމަތީ ސަމުސާ ބަޓަރު
1/4 ސައިސަމުސާ ލޮނު
1/2 1 ސައިސަމުސާ ހަކުރު
5 ސޮސެޖު (ތުނިކޮށް ފޮތިކޮށްފައި)
1 ޓޮމާޓޯ (ތުނިކޮށް ފޮތިކޮށްފައި)
5 މޭޒުމަތީ ސަމުސާ ޓޮމާޓޯ ސޯސް
2 ކެޕްސިކަމް (ކަރުގަނޑު ނަގައި ކުދިކޮށް ކޮށާފައި)
1 ޖޯޑު ޗީޒް (ގާނާފައި)
3 ބިސް (ފެނުކައްކައި ފޮތޮފޮތި ކޮށްފައި)
2 ފިޔާ (ކިއުބްކޮށް ކޮށާފައި)
ލޮނު
ތެޔޮ
ތައްޔާރު ކުރާނެ ގޮތް:
ފުށާއި އީސްޓް، ލޮނު އަދި ހަކުރު، އެއްކޮށްލުމަށް ފަހު ބަޓަރު ކޮޅު އެއްކޮށްފައި ތާފަނާފެނުން މޮޑެލާށެވެ. ދެން މަތި ޖަހާފައި 15 މިނެޓް ވައްދެން ފުއްގަނޑު ބަހައްޓާށެވެ.
ތަވާ އުނދުންމައްޗަށް އުދާފައި ކުޑަތެޔޮފޮދެއް އަޅާފައި ހޫނުވީމާ ފިޔާކޮޅާއި ކެޕްސިކަމް ކޮޅު އެއްކޮށްފައި މީރުކޮށްލާށެވެ. ދެން ޓޮމާޓޯސޯސްކޮޅާއި ލޮނުކޮޅާ އެއްކޮއްލުމުން ސޯސްގަނޑު ތައްޔާރުވީއެވެ. އެއަށް ފަހު ފުށްގަނޑު ޓްރޭއެއްގައި 1/3 އިންޗީގެ ބޯމިނަށް ފަތުރާލާފައި މައްޗަށް ސޯސްގަނޑު އަޅާފައި ފަތުރާލުމަށް ފަހު ސޮސެޖު ފަތުރާލާފައި ބިސްފޮތިތައް އަތުރާލާށެވެ.
ދެން މައްޗަށް ޗީޒް ވިއްސާލާފައި އަވަނުން ފިހެލާނީ އެވެ.