ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާ ލޯނުތައް ނުދައްކާ މީހުންގެ އަތުން ނަގާ ޖޫރިމަނާ ކުޑަކޮށްފިއެވެ.
ގައުމީ ބޭންކުން ބުނީ ލޯނުތަކަށް ފައިސާ ނުދައްކައިގެން އަރާ "އޯވާޑިއު ޗާޖު" 10 ޕަސެންޓުން ދެ ޕަސެންޓަށް މިހާރު ކުޑަކޮށްފައިވާ ކަމަށެވެ. ބީއެމްއެލް އިން ބުނީ މި ބަދަލާ އެކީ މީގެ ކުރިން ލޯނު އަދި ފައިނޭންޝަލް ފެސިލިޓީ ނަގާފައިވާ ކަސްޓަމަރުންގެ ތެރެއިން ލޯނު ނުވަތަ ފެސިލިޓީއަށް ގަަވައިދުން ފައިސާ ނުދައްކާ މީހުންގެ އަތުން ނަގާ ޖޫރިމަނާ ވެސް ދެ ޕަސެންޓަށް ކުޑަވާނެ ކަމަށެވެ.
ބީއެމްއެލް އިން މިފަދަ ލުއި ބަދަލެއް ކަސްޓަމަރުންނަށް ގެނެސްދިން އިރު، އެ ބޭންކުން ވަނީ އިސްލާމިކް ފައިނޭންސްގެ ލިމިޓު ވެސް ބޮޑުކޮށްފައެވެ. އެގޮތުން އިސްލާމިކް ފައިނޭންސް މެދުވެރިކޮށް 1.2 މިލިއަން ރުފިޔާ އާ ހަމަޔަށް ނަގުދު ފައިސާ އާއި މުދާ ނެގޭ ގޮތަށް ހަމަޖައްސާފައިވެ އެވެ.
ކުރިން އެގޮތަށް ނެގެނީ 300،000ރ. އާ ހަމައަށެވެ.