Last Updated: June 22, 13:14
Monday, June 22, 2026
ޚަބަރު

ތޮއްޑޫ ސްމާޓް އައިލޭންޑް ކޮންސެޕްޓަށް

ސްމާޓް އައިލެންޑެއްގެ ގޮތުގައި އއ. ތޮއްޑޫ ތަރައްގީ ކުރަން އާބަންކޯއިން އެހީތެރިކަން ފޯރުކޮށް ދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގެ ދަށުން ތޮއްޑޫ ސްމާޓް އައިލެންޑްއަކަށް ހެދުމަށް ބޭނުންވާ ކޮންސަލްޓެންސީގެ އެހީތެރިކަމާއި، އޮޕަން އެކްސެސް ނެޓްވޯކެއް ގާއިމުކުރަން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

މި އެއްބަސްވުމުގައި އާބަންކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. ތޮއްޑޫ ކައުންސިލްގެ ފަރާތުން ސޮއިކުރީ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް އެވެ.

ކުރިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަމުގައި ހިންގަމުން އައި އާބަންކޯ އާއި ތޮއްޑޫ ކައުންސިލާ ދެމެދު ހެދި އެއްބަސްވުމުގެ ދަށުން ތޮއްޑޫގެ ބަނދަރު ސަރަޙައްދާއި، ފެރީ ޓާމިނަލް ސަރަޙައްދާއި، ކާގޯ ވެއާހައުސްގެ އިތުރުން ރަށުގެ އާންމު ރައްޔިތުންނާއި ލޯކަލް ޓޫރިޒަމް ވެސް ފުޅާވެފައި އޮތް ތޮއްޑު އަށް ދާ ޓޫރިސްޓުން މޫދަށް އެރޭ ސަރަހައްދު ޒަމާނީ ގޮތަށް ތަރައްޤީ ކުރުމަށް އާބަންކޯ އިން އެހީ ވެދޭނެ އެވެ.

ތޮއްޑޫ ކައުންސިލާ އެކީ ހެދި އެއްބަސްވުމަކީ އަބަންކޯގެ "ގޯ އިން ބުންއިން ވިދާމިމަޝްރޫޢަކީ އާބަންކޯ "ގޯ ބިޔޯންޑް ހުޅުމާލޭ" ގެ ދަށުން ރަށްރަށާއި ސިޓީތައް، ސްމާޓްކުރުމުގެ މަޤުޞަދުގައި ކުރިއަށްގެންދާ މަސައްކަތެއް ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި
ތޮއްޑޫގައި ސްމާޓް ސޮލިއުޝަންތައް ތަޢާރަފު ކުރުމުގެ ބޭނުމަކީ ކުދި ރަށްތަކުގައިވެ ސް ޓެކްނޮލޮޖީގެ ޒަރީއާ އިން ތަފާތު ސްމާޓް ޚިދުމަތްތައް ތައާރަފުކޮށް ރަށްފުށުގެ ރައްޔިތުންގެ ދިރިއުޅުން ވެސް އުޖާލާ ކުރެވިދާނެކަން ސާބިތުކޮށް ދިނުން ކަމަށް އާބަންކޯ އިން ބުންޏެވެ.

ތޮއްޑު އަކީ ރާއްޖޭގެ ދަނޑުވެރިކަމުގައި ވެސް އެންމެ ފާހަގަކޮށްލެވޭ އެއް ރަށެވެ. ހާއްސަކޮށް ކަރާ ހެދުމަކީ އެ ރަށުގެ ހާއްސަ ކަމެކެވެ.