Last Updated: July 17, 18:07
Friday, July 17, 2026
ރިޕޯޓް

މަގުމަތި ރައްކާތެރިކުރަމާ؛ އައްޑޫ ހޮސްޕިޓަލް

މަގުމަތީގެ ގަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތައި މަގުތައް ރައްކާތެރި ތަނަކަށް ހެދުމަށް އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން އިލްމާސްކޮށްފި އެވެ.

މިކަމަށް އިލްތިމާސްކޮށް އެތަނުން ވަނީ މަގުމަތީގައި ދުއްވާ އިރު، ސަމާލުކަން ދޭން ޖެހޭ ނުކުތާތަކެއް ވެސް ވީޑިއޯއެއްގެ ގޮތުގައި ހޮސްޕިޓަލްގެ ސޯޝަލް މީޑިއާތަކުގައި އާންމުކޮށްފަ އެވެ.

މަގުމަތީގެ ގައިދުތަކަށް ހުރުމަތްތެރިކޮށް ހިތައި އެކްސިޑެންޓްތައް މަދުކުރަން ނުވަތަ އެފަދަ ހާދިސާއެއް ނުހިނގާނެ ގޮތަކަށް އަމަލުތައް ބެހެއްޓުމަށް އާންމުންނަށް އޭއީއެޗުން އިލްތިމާސްކުރި އިރު، ސައިރަން އަޅާފައި ދުއްވި އެ ހޮސްޕިޓަލްގެ އެމްބިއުލާންސެއްގައި ސައިކަލެއް ޖެހި މިދިޔަ މަހުގެ 27 ގައި ޒުވާނަކަށް ސީރިއަސް ގެއްލުންތަކެއްވެފައިވެ އެވެ.

އެ ހާދިސާގައި އޭނަގެ ސިކުނޑި އަށް ލޭ އެޅުމާ ގުޅިގެން އިތުރު ފަރުވާ އަށް މާލެ ވެސް ފުރުވާލި އެވެ.

އައްޑު އަކީ މިހާތަނަށް ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ އެކްސިޑެންޓްތައް ހިނގާފައިވާ ތަނެކެވެ. އެގޮތުން ނުރައްކާތެރި އެތައް އެކްސިޑެންޓެއްގައި އެތައް ބައެއްގެ ފުރާނަ ވެސް ގެއްލިފައިވާ އިރު، އެކްސިޑެންޓްތަކާ ގުޅިގެން ބައެއް މީހުން ނުކުޅެދޭ ހާލަތަށް ވެސް ގޮސްފައިވެ އެވެ.

މަގުމަތީގެ ރައްކާތެރި ކަމަށް ސަމާލުކަންދޭން އޭއީއެޗުން އެދުނު އިރު، ރޯދަ މަހަކީ ހަވީރުގެ ފިނިބުރަށް ވަރަށް ގިނަ ބަޔަކު ދުއްވަން ނުކުންނަ މަހެއްކަން ވެސް ފާހަގަކުރެވެ އެވެ.

ފުލުހުން ވެސް އަންނަނީ ތަކުރާރުކޮށް މަގުމަތީގެ ރައްކާތެރި ކަމަށް ސަމާލުކަންދޭން އިލްތިމާސްކުރަމުންނެވެ.