ދާދި ފަހުން އައްޑޫން ދޫކުރަން ނިންމި ގޯތިތަކަށް އެދި ހުށަހެޅި ފޯމުތައް އިވެލުއޭޓްކުރަން ގޯތި ކޮމިޓީ އެކުލަވާލައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން މި ކޮމިޓީ އެކުލަވާލީ ގޯތި ދޫކުރަން ނިންމި ހަތަރު އަވަށުގެ ރައްޔިތުން ތަމްސީލުރާ މެމްބަރުން ވެސް ހިމަނައިގެންނެވެ. އެގޮތުން ކޮމިޓީގައި ކޮންމެ އަވަށަކުން ރައްޔިތުން ތަމްސީލުކުރާނެ މެމްބަރުން ހޯދަން މިދިޔަ މަހުގެ ތެރޭގައި އާންމުކޮށް ހުޅުވާލި އެވެ.
ކައުންސިލުން މިހާރު އެކުލަވާލައި، އެ ކޮމިޓީ އިއްޔެ އިފުތިތާހު ވެސްކޮށްފަ އެވެ. އެގޮތުން ގޯތި ދިނުމުގެ މަސައްކަތް ވިލަރެސްކޮށް، ގޯތި ލިބޭ މީހުން ކަނޑައަޅާ މިކޮމިޓީ ތަކުގައި ހިތަދޫން 7، ފޭދޫން 6، ހުޅުދޫން 6 އަދި މީދޫން 7 މީހުން ހިމެނޭ ގޮތަށް ހިމެނޭ ގޮތައް ކޮމިޓީތައް ވަނީ އެކުލަވާލައިފަ އެވެ.
ކައުންސިލުން ބުނި ގޮތުގައި މި ކޮމިޓީތަކުގެ މަސައްކަތްކުރިއަށް ދަނީ ވަރަށް މިނިވަންކަމާ އެކީގައި ކަމަށެވެ.
އައްޑޫން 1،000 ގޯއްޗަށް ހުޅުވައިލުމުން 4،096 ފޯމް ހުށަހަޅާފައިވެ އެވެ. ހިތަދޫން 500 ގޯއްޗަށް ހުޅުވާލި އިރު، ފޭދޫން 300 ގޯއްޗަށް ހުޅުވާލި އެވެ. އެއީ 1،500 އަކަފޫޓްގެ ގޯއްޗެވެ. ހުޅުދު އާއި މީދޫން ޖުމްލަ 200 ގޯއްޗަށް ހުޅުވާލި އެވެ. އެއީ 2،000 އަކަފޫޓްގެ ގޯއްޗެވެ.