އައްޑޫ މަރަދޫ ގޯދިއްޔާ ޖަމިއްޔާގެ މި އަހަރުގެ ފުޓްސަލް މުބާރާތް މިރޭ ފަށަން ނިންމައިފި އެވެ.
ޖުމްލަ 13 ޓީމަކުން ވާދަކުރާ މުބާރާތުގެ ގުރުލުން ވެސް އިއްޔެ ރޭ ވަނީ ބާއްވައިފަ އެވެ. ގޯދިއްޔާ ފުޓްސަލް މުބާރާތް ކުރިއަށް ދާނީ މި ރެއިން ފެށިގެން މި މަހުގެ 19 އާ ހަމައަށެވެ.
މިރޭ މުބާރާތް ހުޅުވާ މެޗް ފަށަން ހަމަޖެހިފައި ވަނީ 9:30 ގަ އެވެ. މުބާރާތުގެ ކުޅުން ކުރިއަށް ދާނީ މަރަދޫފޭދޫ ދަނޑުގަ އެވެ.