Last Updated: June 22, 13:53
Monday, June 22, 2026
ޚަބަރު

އޮޑިޓް ދާއިރާ އިން ޗައިނާގެ ސްކޮލަޝިޕެއް

އޮޑިޓްގެ ދާއިރާ އިން މާސްޓާސް ފެންވަރަށް ކިޔަވަން ޗައިނާ އިން ރާއްޖެ އަށް ލިބުނު ސްކޮލަޝިޕަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

އޮޑިޓް އޮފީހުން ބުނީ ދެ އަހަރު ދުވަހުގެ މުއްދަތުގެ މި ސްކޮލަޝިޕަށް ކުރިމަތިލާން ޝައުގުވެރިވާ މީހުންނަށް މި މަހުގެ 18 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މި އަހަރުގެ ސެޕްޓެމްބަރުގައި ކިޔަވަން ފަށާ ގޮތަށް އޮތް މި ސްކޮލަޝިޕްގައި ކިޔަވާނީ ޗައިނާގެ ނަންޖިން އޮޑިޓް ޔުނިވާސިޓީގަ އެވެ.

ސްކޮލަޝިޕްގެ ފުރުސަތު ދޭން ނިންމާފައި ވަނީ އެކަކަށެވެ.

ސްކޮލަޝިޕަށް އެޕްލައި ކުރާނީ އޮޑިޓް އޮފީހުގެ މި ޕޯޓަލް www.audit.gov.mv/Scholarship.aspx މެދުވެރިކޮށެވެ. އަދި އިތުރު މައުލޫމާތު 3348200 ނަމްބަރުން ހޯދޭނެ އެވެ.