Last Updated: June 22, 13:14
Monday, June 22, 2026
ޚަބަރު

ފެން ކުންފުނިން ޕްރިންސިޕަލުން ތަމްރީނުކޮށް ދެނީ

ރާއްޖޭގެ ސްކޫލްތަކަށް ބޭނުންވާ ދިވެހި ޕްރިންސިޕަލުން ތަމްރީންކުރުމުގެ ސްކޮލަޝިޕް ޕްރޮގްރާމްތައް ސްޕޮންސަރަކަށް އެޑިއުކޭޝަން މިނިސްޓްރީން އެމްޑަބްލިޔުއެސް.ސީއާ އެކީ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކެޓްރީ އަޙްމަދު އަލީ އެވެ. ފެން ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ.

މި ސްޕޮންސަ އެއްވަސްވުމުގެ ދަށުން، ރާއްޖޭގެ ސްކޫލްތަކަށް ބޭނުންވާ ޤާބިލް ޕްރިންސިޕަލުން އުފައްދާ ތަމްރީން ކުރުމަށްޓަކައި މާސްޓަސް ޑިގްރީ ލެވެލް ކޯހުގެ 10 ސްކޮޕަލަޝިޕަކާއި ކުރު މުއްދަތުގެ 110 ކޯސް ސްޕޮންސަކުރުމަށް ހަމަޖެހިފައިވެ އެވެ.

ދެ އަހަރު ދުވަހުގެ މުއްދަތައް ކުރިޔަށް ގެންދިޔުމަށް ރާވާފައިވާ މި ޕްރޮގްރާމްތައް ކުރިއަށް ގެންދަން ނިންމީ ވަނީ އެމްޑަބްލިޔުއެސސީގެ އިޖުތިމާޢީ ޒިންމާގެ ދަށުންނެވެ.

ސްކޫލްތަކުގެ ޕްރިންސިޕަލުން ތަމްރީންކުރުމަށް ހިންގި ސްކޮލަޝިޕްގެ ފުރަތަމަ ޕްރޮގްރާމްގައި 17 ޕްރިންސިޕަލެއް ތަމުރީން ފުރިހަމަކޮށް މިދިޔަ މަހު ސްކޫލްތަކާ ގުޅިފައިވެ އެވެ. އެ ޕްރިންސިޕަލުން ތަމްރީނުވީ މެލޭޝިއާއިންނެވެ.