އާ ލޯބިވެރިޔަކާ އެންގޭޖްވެ، ވަރަށް އަވަހަށް ކައިވެނިކުރާނެ ކަމަށް މިދިޔަ މަހު އިއުލާންކުރި އޮސްޓްރޭލިއާ ދަރިކޮޅުގެ އެމެރިކާގެ މަޝްހޫރު މީޑިއާ މަހުޖަނު ރުޕަޓް މާޑޮކްގެ އެންގޭޖްމަންޓް ރޫޅާލައިފި އެވެ.
އުމުރުން 92 އަހަރުގެ މަހުޖަނާއި އޭން ލެސްލީ ސުމިތު، 66، އެންގޭޖްވިކަން އިއުލާންކޮށް ބުނީ އެ ދެ މީހުން ދިމާވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. ލެސްލީއާ އޮތް ގުޅުން ކަށަވަރުކޮށް ދިން ނަމަވެސް އޭރު ރުޕަޓް ބުނެފައި ވަނީ އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަން އެހާ ފަސޭހައެއް ނޫން ކަމަށެވެ.
އެހެންވެ ކައިވެނި ކުރާނެކަން އިއުލާންކޮށްފައި ވަނިކޮށް އެންގޭޖްމަންޓް ރޫޅައިލުމާ ބެހޭ ގޮތުން އޭނަގެ ރަސްމީ ބަހެއް ނެތެވެ.

ރުޕަޓް ކުރިން ހަތަރު ކައިވެންޏެއްކޮށް ހަ ދަރިން ލިބިފައިވެ އެވެ. ރުޕަޓް އެންމެ ފަހުން ކައިވެނިކުރީ 2016 ގައި ކުރީގެ މޮޑެލް ޖެރީ ހޯލްއާ އެވެ. އެ ކައިވެނި ރޫޅުނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ.
ލެސްލީ އަކީ ހުވަފަތް އަންހެނެކެވެ. އޭނަގެ ފިރިމީހާ ކުރީގެ ކަންޓްރީ ލަވަކިޔުންތެރިޔާ ޗެސްޓާ ސުމިތު މަރުވީ 2008 ގަ އެވެ.